logo
Bank of Maldives

Bank of Maldives

ކުޅިވަރު

ގެޔޯޜކެރޭސް މާސްކު އަޅައިފި. ލިވަޕޫލާ ކުރިމަތިލުމުގެ ކުރިން ގިއޯކެރެސްގެ ވަރުގަދަ އިންޒާރެއް

އަބްދުﷲ ޣާނިމް
23 އޯގަސްޓު 2025 - 18:28
ގެޔޯޜކެރޭސް މިއަދު ގޯލުޖެހުމަށްފަހު މާސްކު އަޅަނީ
ގެޔޯޜކެރޭސް މިއަދު ގޯލުޖެހުމަށްފަހު މާސްކު އަޅަނީ

އެމިރޭޓްސް ސްޓޭޑިއަމްގައި މިސީޒަނުގައި ކުޅުނު ފުރަތަމަ މެޗުގައި އާސެނަލް އާއި އަލަށް ގުޅުނު ސްޓްރައިކަރު ވިކްޓަރ ގެޔޯޜކެރޭސް މާސްކު އަޅައި އިނދިކޮޅުޓީމުތަަކަށް ވަރުގަދަ މެސެޖެއް ދީފިއެވެ. ގެޔޯޜކެރޭސް މިއަދު ލީޑްސް އާއި ދެކޮޅަށް ކުޅުނު މެޗުގައި ދެގޯލުޖަހާފައެވެ. އޭނާ ޖެހި ދެ ގޯލުވެސް ސެލެބްރޭޓް ކުރީ މާސްކެއް އަޅައިގެންނެވެ. މި މާސްކަކީ ކުރިއަށް އޮތް ދުވަސްތަކުގައި އާސެނަލްގެ ވާދަވެރިންނަށް، ޚާއްސަކޮށް ކުރިޔަށް އޮތް މެޗުގައި ވާދަކުރާ ލިވަޕޫލަށް ބިރުވެރިކަމެއް ގެނުވާނެ ކަމެއް ކަމަށް ބެލެވެއެވެ.

އާސެނަލް ލީޑްސް އާއި ދެކޮޅަށް ކުލުނު މެޗު ކާމިޔާބުކުރީ 5-0 އިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބުކަޔޯ ސަކާ، މާޓިން އޯޑެގާޑް އަދި އެބެރެޗި އޭޒޭ ފަދަ ހުނަރުވެރި ކުޅުންތެރިން ތިބި އާސެނަލްގެ ސަފުތަކަށް ގެޔޯޜކެރޭސް ވަރުގަދަ ކުޅުމަކީ ލީގު ނެގުމަށް އާސެނަލް އިން ކުރާ މަސައްކަތައް އިތުރު ބާރެއް ލިބިގެންދިޔަ ކަމެކެވެ. ނަމަވެސް މިމެޗުގައި އާސެނަލްގެ އެންމެ މުހިންމު ދެކުލުންތެރިންކަމަށްވާ ކެޕްޓަން އޮޑެގާޑް އާއެކު ސަކާއަށްވެސް އަނިޔާވެ ދަނޑުން ބާލަންޖެހުމަކީ އާސެނަލްގެ ސަޕޯޓަރުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

ވަރުގަދަ ޓްރާންސްފާ ތަކަކާއެކު މިސީޒަނާ ކުރިމަތިލި ލިވަޕޫލާއި ދެކޮޅަށް އަންނަ ހަފްތާބަންދުގައި ކުރިމަތިލާއިރު، އާސެނަލްގެ މުހިންމު ދެކުޅުންތެރިޔަކަށް އަނިޠާވެފައިވާއިރު، އެޓީމާއި އަލަށް ގުޅުނު އެޒެ ވަނީ މިއަދު އެމިރޭޓްސް ދަނޑުން ފެނިފައެވެ. އެހެންކަމުން މިމެޗުގައި އާސެނަލްގެ ޓީމުން އެޒެ ފެްނާނެކަން މިވަނީ ގާތްގަނޑަކަށްހެން ޔަގީންވެފައެވެ.

މިރޭގެ މޮޅާއެކު މި ސީޒަނުގައި މިހާތަނަށް ކުޅުނު ދެމެޗުންވެސް މޮޅުވެ ލިބުނު ތިންޕޮއިންޓާއެކު އާސެނަލް މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗެލްސީގެ ޔޫރަޕިއަން ޓްރޮފީތައް އާސެނަލް އަށް ދައްކާލި މެޗުގައި އެކަކު މަދުކޮށް މެޗު އެއްވަރުކޮށްފިކުޅިވަރު | 3 ދުވަސް ކުރިންޔޫރަޕުގެ އެންމެ ފޯމުގައި އޮތް ބަޔާން ބަލިކުރުމަށްފަހު ސެޓްޕީސް އެފްސީ ތާވަލުގެ އެއްވަނައަށްކުޅިވަރު | 6 ދުވަސް ކުރިންޓޮޓްނަމް އަށް ދޯކާދިން އެޒޭގެ ހެޓްރިކުން އެޓީމު ބަލިކޮށް އާސެނަލް ތާވަލުގެ އެއްވަނައިގައި ބޮޑު ލީޑެއްކުޅިވަރު | 9 ދުވަސް ކުރިންއަށް މެޗަށްފަހު ބައިކޮޅު ގޯލު ވަދެ، އުދުހިފައި އުޅުނު އާސެނަލް ފަހުވަގުތު ހިފަހަށްޓައިފިކުޅިވަރު | 24 ދުވަސް ކުރިން