logo
Bank of Maldives

Bank of Maldives

ކުޅިވަރު

ވިނީޝިއަސް ޖޫނިއާގެ ސޮއި ހޯދުމަށް އިނގިރޭސި ޗެންޕިއަނުން މަސައްކަތް ފަށައިފި

އަބްދުﷲ ޣާނިމް
27 ޖުލައި 2026 - 09:55
ވިނީޝިއަސް ޖޫނިއާގެ ސޮއި ހޯދުމަށް އިނގިރޭސި ޗެންޕިއަނުން މަސައްކަތް ފަށައިފި

22 އަހަރަށްފަހު އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ކާމިޔާބުކުރުމަށްފަހު، އެ ތަށި ދިފާއުކުރުމަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން ރެއާލް މެޑްރިޑްގެ ތަރި ވިނީޝިއަސް ޖޫނިއަރ ހޯދުމަށް އާސެނަލްއިން ޝައުގުވެރިކަން ފާޅުކޮށްފިއެވެ. ރެއާލް މެޑްރިޑާއެކު ވިނީޝިއަސް ހަދާފައިވާ ކޮންޓްރެކްޓް އާކުރުމުގެ މަޝްވަރާތައް ހުއްޓިފައިވާ ދަނޑިވަޅެއްގައި، އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބޭނުންވަނީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއަކު ޓީމަށް ގެނައުމަށެވެ.

ދި އެތުލެޓިކްއިން ރިޕޯޓްކުރާ ގޮތުގައި، ވިނީޝިއަސް ގެނައުމުގެ ވިސްނުމަށް އާސެނަލްގެ މެނޭޖްމަންޓްގެ ހުރިހާ ފަންތިއަކުން ވަނީ ރުހުން ލިބިފައެވެ. ނަމަވެސް، މިހާތަނަށް ދެ ކްލަބުގެ މެދުގައި ރަސްމީ އެއްވެސް މަޝްވަރާއެއް ކުރެވިފައެއް ނުވެއެވެ. އަދި ސްޕެއިންގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ ވިނީޝިއަސް އާސެނަލްއަށް ބަދަލުވާން ބޭނުންވާނެކަން ނުވަތަ ނޫންކަން އަދި ކަށަވަރެއް ނުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވިނީޝިއަސް ރެއާލް މެޑްރިޑާއެކު ހަދާފައިވާ ކޮންޓްރެކްޓް ޖޫން 30، 2027 ގައި ހަމަވާއިރު، ޖެނުއަރީ 1، 2027 އިން ފެށިގެން އޭނާއަށް އެހެން ކްލަބަކާއެކު ޕްރީ-ކޮންޓްރެކްޓް އެއްބަސްވުމެއްގައި ސޮއިކުރެވޭނެއެވެ. ވިނީޝިއަސް ވަނީ ކޮންޓްރެކްޓް އާކުރުމަށް ރެއާލްއިން ހުށަހެޅި ހުށަހެޅުންތަކަށް މިހާތަނަށް ދެކޮޅު ހަދާފައެވެ. 2026/27 ސީޒަނަށް ބޮޑު ލޯޔަލްޓީ ބޯނަހެއް ދޭންޖެހޭތީ، އޭނާ ހިލޭ ޓްރާންސްފާއެއްގައި ދޫކޮށްލުމުގެ ބަދަލުގައި ވިއްކާލުމަކީ ރެއާލްއިން ވިސްނާނެ ކަމެއް ކަމަށް ބެލެވެއެވެ.

މާކެޓް އަގު 140 މިލިއަން ޔޫރޯއަށް އަރާ 26 އަހަރުގެ ބްރެޒިލް ފޯވާޑް ވަނީ 2018 ވަނަ އަހަރުން ފެށިގެން ރެއާލްއަށް ކުޅެދިން 375 މެޗުގައި 128 ގޯލް ޖަހައި 100 އެސިސްޓް ދީފައެވެ. ނިމިދިޔަ 2025/26 ސީޒަނުގައި އޭނާ ވަނީ ޖުމްލަ 36 ގޯލް ކޮންޓްރިބިއުޝަން ހޯދާފައެވެ. މިއީ އާސެނަލްގެ ވާތްފަރާތުން ކުޅޭ ގަބްރިއަލް މާޓިނެލީ އާއި ލިއަންޑްރޯ ޓްރޮސާޑް ދެ ކުޅުންތެރިން އެކުވެގެން ހޯދި 37 ކޮންޓްރިބިއުޝަނާ ގާތްކުރާ އަދަދެކެވެ.

އިދިކޮޅު ސަޕޯޓަރުންގެ ފަރާތުން ކުރިމަތިވާ ނަސްލީ ތަފާތުކުރުންތަކުގެ ސަބަބުން ވިނީޝިއަސް މީގެ ކުރިން ވެސް ވަނީ ސްޕެއިން ދޫކޮށްދާނެ ކަމުގެ އިންޒާރު ދީފައެވެ. ސައުދީ ޕްރޯ ލީގުން ވެސް އޭނާއަށް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، އާސެނަލްގެ މި ހުށަހެޅުމަކީ ޔޫރަޕްގެ ފުޓްބޯޅައިގައި އަންނާނެ އެންމެ ބޮޑު އެއް ބަދަލަށް ވުން އެކަށީގެންވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިނީޝިއަސް ޖޫނިއާގެ ސޮއި ހޯދުމަށް އިނގިރޭސި ޗެންޕިއަނުން މަސައްކަތް ފަށައިފިކުޅިވަރު | ގަޑިއިރެއް ކުރިންޗެންޕިއަން އާސެނަލްއަށް ފަހުވަގުތު ދޯކާ ދިނުމަށްފަހު މޯގަން ރޯޖާސް ޗެލްސީއަށްކުޅިވަރު | 8 ދުވަސް ކުރިންބްރޫނޯ ގިމަރޭސް އާސެނަލްއަށް ބަދަލުވާން ބޭނުންވާކަން ނިއުކާސަލްއަށް އަންގައިފިކުޅިވަރު | 18 ދުވަސް ކުރިންދުނިޔެ ތަޣައްޔަރުވުމުން ސަލާމަތްކޮށްދީ ޕީއެސްޖީއިން ޖެހިޖެހިގެން ދެވަނަ ފަހަރަށް ޔޫރަޕުގެ ރަސްކަމަށްކުޅިވަރު | 2 މަސް ކުރިން