logo
MPL

MPL

ކުޅިވަރު

ދުނިޔެ ތަޣައްޔަރުވުމުން ސަލާމަތްކޮށްދީ ޕީއެސްޖީއިން ޖެހިޖެހިގެން ދެވަނަ ފަހަރަށް ޔޫރަޕުގެ ރަސްކަމަށް

އަބްދުﷲ ޣާނިމް
30 މޭ 2026 - 19:55
ދުނިޔެ ތަޣައްޔަރުވުމުން ސަލާމަތްކޮށްދީ ޕީއެސްޖީއިން ޖެހިޖެހިގެން ދެވަނަ ފަހަރަށް ޔޫރަޕުގެ ރަސްކަމަށް

ހަންގޭރީގެ ބުޑަޕެސްޓްގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން 4-3 އިން އާސެނަލް ބަލިކޮށް، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ޖެހިޖެހިގެން ދެވަނަ ފަހަރަށް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލައިފިއެވެ. މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފައެވެ.

މިއީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ރެއާލް މެޑްރިޑް ފިޔަވައި ޖެހިޖެހިގެން ދެ އަހަރު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ކްލަބެވެ. މީގެ އިތުރުން މިއީ ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭގެ ކެރިއަރުގައި ކާމިޔާބުކުރި ތިންވަނަ ޗެމްޕިއަންސް ލީގު ތަށްޓެވެ. އޭނާ ވަނީ މީގެ ކުރިން 2015 ވަނަ އަހަރު ބާސެލޯނާއާއެކު މި ތަށި އުފުލާލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ވަރަށް ކުރީކޮޅު، ހަވަނަ މިނެޓުގައި ޖަރުމަނުގެ ފޯވާޑް ކައި ހާވާޓްޒް ވަނީ ލަނޑެއް ޖަހައި އާސެނަލްއަށް ކުރިހޯދައިދީފައެވެ. ނަމަވެސް، ދެވަނަ ހާފުގެ މެދުތެރޭގައި ލިބުނު ޕެނަލްޓީއަކުން އޮސްމާން ޑެމްބެލޭ ވަނީ ޕީއެސްޖީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި ލަނޑާއެކު ޕީއެސްޖީން ވަނީ މުބާރާތެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑާ (45 ލަނޑު) އަރާ ހަމަކޮށްފައެވެ.

ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި އާސެނަލްގެ އެބެރެޗީ އެޒޭ އާއި ޑިފެންޑަރު ގަބްރިއެލް ފޮނުވާލި ޕެނަލްޓީތައް ވަނީ ނާކާމިޔާބުވެފައެވެ. މިއާއެކު ޕީއެސްޖީއަށް ތަށި ކަށަވަރުވެ، އާސެނަލްވަނީ ޔޫރަޕުގައި އަނެއްކާވެސް ހުސްއަތާ ނިންމާލަން މަޖުބޫރުވެފައެވެ.

މިއީ އާސެނަލްގެ ތާރީޚުގައި ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި އެ ޓީމު ބަލިވި ދެވަނަ ފަހަރެވެ. މީގެ 20 އަހަރު ކުރިން 2006 ވަނަ އަހަރު ޕެރިހުގައި ކުޅުނު ފައިނަލުންވެސް އާސެނަލް ބަލިވީ ބާސެލޯނާ އަތުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައިސްގެ ލަނޑުން ބަޔާން ހިފަހައްޓައި އާސެނަލް އެއްވަރުވެއްޖެކުޅިވަރު | 4 ދުވަސް ކުރިންލަދުވެތި ބައްޔަކުން ބަލިވުމާއެކު ބާސާއިން ޕީއެސްޖީގެ ބެނާގެ މައްސަލަ ހިފައިގެން ޔުއޭފާއަށްކުޅިވަރު | 4 ދުވަސް ކުރިންހަވަނަ ޗެންޕިއަންސް ލީގު ތަށި ހޯދުމަށް ނިކުތް ބާސެލޯނާގެ ޓީމަށް ރަނގަޅު ފިލާވަޅެއްދީ ފޮށި ތަންމައްޗާއެކު އަނބުރާ ފޮނުވާލައިފިކުޅިވަރު | 5 ދުވަސް ކުރިންމަޑުއޭކޭގެ ލަނޑުން އާސެނަލް ނޮޓިންގހަމް ފޮރެސްޓް އަތުން އުނދަގޫ މޮޅެއްކުޅިވަރު | 7 ދުވަސް ކުރިން