logo
ކުރިއަށް އޮތް 2 އަހަރު ތެރޭ ދެ ގައުމުގެ ވިޔަފާރި 200 މިލިއަން ޑޮލަރަށް އަރާނެ: ޕާކިސްތާނު ބޮޑުވަޒީރުMPL

MPL

ކުޅިވަރު

ޗެންޕިއަން އާސެނަލްއަށް ފަހުވަގުތު ދޯކާ ދިނުމަށްފަހު މޯގަން ރޯޖާސް ޗެލްސީއަށް

އަބްދުﷲ ޣާނިމް
19 ޖުލައި 2026 - 06:48
ޗެންޕިއަން އާސެނަލްއަށް ފަހުވަގުތު ދޯކާ ދިނުމަށްފަހު މޯގަން ރޯޖާސް ޗެލްސީއަށް

އެސްޓަން ވިލާގެ ހުނަރުވެރި އެޓޭކިން މިޑްފީލްޑަރު މޯގަން ރޮޖާސް ޗެލްސީއަށް ސޮއިކުރުމަށް ދެ ކްލަބުގެ މެދުގައި އަނގަބަހުން އެއްބަސްވުމަކަށް އަތުވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ދަ އެތުލެޓިކްގެ ޑޭވިޑް އޯންސްޓީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ޓްރާންސްފާގެ އަގަކީ 117 މިލިއަން އިނގިރޭސި ފައުންޑެވެ.
ރޯޖާސްގެ ސޮއި ހޯދުމަށް ޗެންޕިއަން އާސެނަލުން ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް އެސްޓަންވިލާއިން ވަނީ ފަހުވަގުތު ޗެލްސީއިން ބޮޑޫ އަގެއް ހުށަހެޅުމުން ކުޅުންތެރިޔާ ޗެލްސީއަށް ދޫކޮށްލަން އެއްބަސްވެފައެވެ.

އުމުރުން 23 އަހަރުގެ އިނގިރޭސި ގައުމީ ޓީމުގެ ކުޅުންތެރިޔާ ހޯދުމަށް އެންމެ ބޮޑަށް މަސައްކަތްކުރަމުން ދިޔައީ އާސެނަލްއިންނެވެ. ނަމަވެސް، ޗެލްސީން ވަނީ ބޮޑު ހުށަހެޅުމަކާއެކު މި ރޭހުގެ ކުރި ހޯދާފައެވެ. އެސްޓަން ވިލާއިން މިހާރު ވަނީ ޗެލްސީގެ މި ހުށަހެޅުން ގަބޫލުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މައުލޫމާތު ލިބޭގޮތުގައި ޗެލްސީއާ އެކު ރޮޖާސް ހަ އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ. ޗެލްސީގެ ކޯޗު ޒަބީ އޮލޮންސޯގެ ޕްރޮޖެކްޓަށް ރޮޖާސް ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށްވެސް ރިޕޯޓްތަކުން ހާމަވެއެވެ.

މި ޓްރާންސްފާގެ އެންމެ ފަހުގެ މަރުހަލާތަކުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އަންނަ ހޯމަ ދުވަހު ރޮޖާސްގެ މެޑިކަލް ޓެސްޓުތައް ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުކުރެވިފައެވެ. މިއީ މި ސީޒަނުގައި ޗެލްސީން ކުރިއަށްގެންދާ އެންމެ އަގުބޮޑު އެއް ޓްރާންސްފާއަށް ވެގެންދާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައިސްގެ ލަނޑުން ބަޔާން ހިފަހައްޓައި އާސެނަލް އެއްވަރުވެއްޖެކުޅިވަރު | 11 ގަޑިއިރު ކުރިންމަޑުއޭކޭގެ ލަނޑުން އާސެނަލް ނޮޓިންގހަމް ފޮރެސްޓް އަތުން އުނދަގޫ މޮޅެއްކުޅިވަރު | 3 ދުވަސް ކުރިންނެޓޯގެ ދެ ލަނޑާއެކު ޗެލްސީން އެވަޓަންގެ ބަލިނުވުމުގެ ސިލްސިލާ ނިމުމަކަށް ގެނެސްފިކުޅިވަރު | 5 ދުވަސް ކުރިންޗެލްސީގެ ޑިފެންޑަރ ރީސް ޖޭމްސް 3 މަހަށް ކުޅުމާ ދުރަށްދާން ޖެހިއްޖެކުޅިވަރު | 6 ދުވަސް ކުރިން