logo
MPL

MPL

ކުޅިވަރު

ބްރޫނޯ ގިމަރޭސް އާސެނަލްއަށް ބަދަލުވާން ބޭނުންވާކަން ނިއުކާސަލްއަށް އަންގައިފި

އަބްދުﷲ ޣާނިމް
9 ޖުލައި 2026 - 06:40
ބްރޫނޯ ގިމަރޭސް އާސެނަލްއަށް ބަދަލުވާން ބޭނުންވާކަން ނިއުކާސަލްއަށް އަންގައިފި

ނިއުކާސަލް ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ގިމަރޭސް، މި ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި އެ ކްލަބް ދޫކޮށް އާސެނަލްއަށް ބަދަލުވާން ބޭނުންވާކަން ކްލަބަށް އަންގާފައިވާ ކަމަށް ދި އެތުލެޓިކްގެ ޑޭވިޑް އޯންސްޓީން ރިޕޯޓްކޮށްފިއެވެ.

އުމުރުން 28 އަހަރުގެ ބްރެޒިލް މިޑްފީލްޑަރަކީ ވިއްކާލާނެ ކުޅުންތެރިއެއް ނޫން ކަމަށް ނިއުކާސަލްއިން މީގެ ކުރިން ބުނަމުން އައި ނަމަވެސް، ކުޅުންތެރިޔާގެ މި ނިންމުމާއެކު ކްލަބުގެ ވިސްނުން ބަދަލުވުން އެކަށީގެންވެއެވެ. ނިއުކާސަލްއިން ބޭނުންވަނީ މީގެ ކުރިން އެލެގްޒެންޑަރ އިސާކްގެ މައްސަލައިގައި ދިމާވި ފަދަ ހަމަނުޖެހުންތަކެއް މިފަހަރު ތަކުރާރުވިޔަ ނުދިނުމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިދިޔަ ވޯލްޑް ކަޕްގެ ގަދަ 16 ގައި ނޯވޭއާ ދެކޮޅަށް ކުޅުނު މެޗުގައި ޕެނަލްޓީއެއް ނާކާމިޔާބުވި ގިމަރޭސް ހޯދުމަށް އާސެނަލްއިން 60 މިލިއަން ޕައުންޑް ހޭދަކުރުމަށް ތައްޔާރަށް އޮތް ކަމަށް މައުލޫމާތު ލިބެއެވެ. މިއީ އާސެނަލްގެ މެދުތެރެ ވަރުގަދަކުރުމަށް އެ ކްލަބުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

ނިއުކާސަލްއިން މިހާރުވެސް ވަނީ އެންތަނީ ގޯޑަން 69.3 މިލިއަން ޕައުންޑަށް ބާސެލޯނާއަށް އަދި ސަންދްރޯ ޓޮނާލީ 100 މިލިއަން ޕައުންޑާ ގާތްކުރާ އަދަދަކަށް ޓޮޓެންހަމްއަށް ވިއްކާލާފައެވެ. ގިމަރޭސް ވެސް ކްލަބް ދޫކޮށްލައިފިނަމަ، މިއީ މި ސީޒަނުގައި ނިއުކާސަލްގެ ސްކޮޑަށް ކުރިމަތިވާނެ އިތުރު ބޮޑު ގެއްލުމަކަށް ވާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރެކޯޑް އަދަދުތަކާއެކު ޕްރީމިއަރ ލީގު އަދި ލަލީގާގެ ޓްރާންސްފާ މާކެޓް ނިންމާލައިފިކުޅިވަރު | 2 ދުވަސް ކުރިންއާސެނަލް ދޫކޮށް މާޓިނެއްލީ އަލް ހިލާލް އަށްކުޅިވަރު | 2 ދުވަސް ކުރިންވޯލްޑްކަޕްގައި ވިދާލި ޒުވާން މޮރޮކޯގ މިޑްފީލްޑަރ އައްޔޫބް ބުއާޑީ މެންޗެސްޓަރ ސިޓީއަށް ސޮއިކޮށްފިކުޅިވަރު | 9 ދުވަސް ކުރިންޗެލްސީއިން ބޭނުންނުވެގެން އެއްލާލި ޖެކްސަން 65 މިލިޔަން ޕައުންޑަށް ވިލާއަށްކުޅިވަރު | 9 ދުވަސް ކުރިން