logo
ކުރިއަށް އޮތް 2 އަހަރު ތެރޭ ދެ ގައުމުގެ ވިޔަފާރި 200 މިލިއަން ޑޮލަރަށް އަރާނެ: ޕާކިސްތާނު ބޮޑުވަޒީރުMPL

MPL

ކުޅިވަރު

ޗެލްސީއިން ބޭނުންނުވެގެން އެއްލާލި ޖެކްސަން 65 މިލިޔަން ޕައުންޑަށް ވިލާއަށް

އަބްދުﷲ ޣާނިމް
27 އޯގަސްޓު 2026 - 04:22
ޗެލްސީއިން ބޭނުންނުވެގެން އެއްލާލި ޖެކްސަން 65 މިލިޔަން ޕައުންޑަށް ވިލާއަށް

ޗެލްސީއިން ބޭނުންނުވެގެން ބަޔާން އަށް މިދިޔަ ސީޒަނުގައި ލޯނަކަށް ކުޅުނު ފޯވާޑް ނިކޮލަސް ޖެކްސަން ގަތުމަށް އެސްޓަން ވިލާއިން ފުރިހަމަ އެއްބަސްވުމަކަށް އަތުވެފައިވާ ކަމަށް ދަ އެތުލެޓިކްގެ ޑޭވިޑް އޯންސްޓީން ހާމަކޮށްފިއެވެ.

މި ޓްރާންސްފާގެ ޖުމްލަ އަގު 65 މިލިއަން ޕައުންޑަށް އަރާއިރު، އޭގެ ތެރެއިން 47.5 މިލިއަން ޕައުންޑަކީ އެޑްވާންސްކޮށް ދައްކަންޖެހޭ ފައިސާއެވެ. ކުޅުންތެރިޔާއާއެކު އެއްބަސްވާންޖެހޭ ޒާތީ ކަންކަމުގައި މައްސަލައެއް ނެތް ކަމަށް ބެލެވުނު ނަމަވެސް، އަދިވެސް ބައެއް ކަންކަން ފައިނަލް ކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އުމުރުން 25 އަހަރުގެ ޖެކްސަން ޗެލްސީއާ ގުޅުނީ 2023 ވަނަ އަހަރު 32 މިލިއަން ޕައުންޑަށެވެ. އެހެންކަމުން މި ޑީލުން ޗެލްސީއަށް ބޮޑު ފައިދާއެއް ލިބިގެންދާނެއެވެ. އޭނާ ވަނީ އެ ކްލަބަށް ކުޅެދިން 81 މެޗުގައި 30 ލަނޑު ޖަހާދީފައެވެ. ދްރޯ ގާނާޗޯއަށްފަހު ޗެލްސީއާއި އެސްޓަން ވިލާއާ ދެމެދު ހިނގާ ތިންވަނަ މުއާމަލާތެވެ. މީގެއިތުރުން، އެސްޓަން ވިލާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ޗެލްސީއަށް ހުށަހަޅާފައިވުމާއެކު، ދެ ކްލަބުގެ ދެމެދުގައި އިތުރު މުއާމަލާތްތަކެއް ހިނގުމުގެ ފުރުސަތުވެސް އެބައޮތެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނެޓޯގެ ދެ ލަނޑާއެކު ޗެލްސީން އެވަޓަންގެ ބަލިނުވުމުގެ ސިލްސިލާ ނިމުމަކަށް ގެނެސްފިކުޅިވަރު | 5 ދުވަސް ކުރިންޗެލްސީގެ ޑިފެންޑަރ ރީސް ޖޭމްސް 3 މަހަށް ކުޅުމާ ދުރަށްދާން ޖެހިއްޖެކުޅިވަރު | 6 ދުވަސް ކުރިންޗެލްސީއާއި އާސެނަލަށް މޮޅެއް، ޕޮއިންޓަކާއެކު ޔުނައިޓެޑް ދިޔައީ އަނެއްކާވެސް ޗޮކުންކުޅިވަރު | 11 ދުވަސް ކުރިންމެސީ ލައިޓް 2.0 ބާސެލޯނާއަށް ސޮއިކުރުމުގެ މަގުމަތީގައިކުޅިވަރު | މަހެއް ކުރިން