logo
E-Platinum
ޚަބަރު

ބަލްކް ކެރިއަރެއްގައި އޮތް ހާލުބޮޑު ބަލި މީހަކު ނ.މަނަދޫއަށް ގެންގޮސްފި

ބަލްކް ކެރިއަރެއްގައި އޮތް ހާލުބޮޑު ބަލި މީހަކު ނ.މަނަދޫއަށް ގެންގޮސްފި

"ޓައިޑެކްސް" ނަމަކަށްކިޔާ ބަލްކް ކެރިއަރެއްގައި އޮތް ހާލުބޮޑު ބަލި މީހަކު، ޞިއްޙީ އަވަސް ފަރުވާއަށް، އެހީތެރިކަމާ އެކު ނ.މަނަދޫއަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑުން ގެންގޮސްފިއެވެ. 

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް މަޢުލޫމާތު ދިންގޮތުން ނ.އަތޮޅު ދިގުފަރު ކައިރިން ދަތުރުކުރަމުންދަނިކޮށް، ބަލްކް ކެރިއަރުގައި އޮތް މީހާގެ ޞިއްހީ ހާލަތު ގޯސްވިކަމުގެ މަޢުލޫމާތު ލިބިފައިވަނީ ރޭ ފަތިހު 04:45 ހާއިރުއެވެ.

މިކަމުގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން ބަލްކް ކެރިއާ އޮތް ސަރަހައްދަށް ދަތުރުކޮށް، ބަލި މީހާ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސީ އެމްބިއުލާންސްއަށް ނަގާފަވާ ކަމަށެވެ.

 ދިވެހި ރައްޔިތެއް ކަމުގައިވާ އުމުރުން 49 އަހަރުގެ މި ފިރިހެން މީހާ ނ.މަނަދޫއަށް، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ އެހީތެރިކަމާ އެކު ގެންގޮސްފައި ވަނީ މިއަދު 09:00 ހާއިރުއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަރަށް އެރި ދޯންޏެއްގައި ތިބި މީހުން އެމްއެންޑީއެފް އިން ސަލާމަތް ކޮށްފިޚަބަރު | 18 ގަޑިއިރު ކުރިންބަލްކް ކެރިއަރެއްގައި އޮތް ހާލުބޮޑު ބަލި މީހަކު ނ.މަނަދޫއަށް ގެންގޮސްފިޚަބަރު | 18 ގަޑިއިރު ކުރިންމިނިވަން ދުވަހުގެ މުނާސަބާތުގައި ބާއްވާ ސިފައިންގެ ހިނގާލުން މިއަދު ހަވީރު ހުޅުމާލޭގައިޚަބަރު | 7 ދުވަސް ކުރިންއާ ޓާމިނަލް ހުޅުުވުމުގެ މުނާސަބަތުގައި މާދަމާ ރޭ މާލެ ވަށައިގެން 6 މިނެޓަށް ހަވާ އަރުވަނީ ޚަބަރު | 8 ދުވަސް ކުރިން