logo
E-Platinum
ޚަބަރު

ފަރަށް އެރި ދޯންޏެއްގައި ތިބި މީހުން އެމްއެންޑީއެފް އިން ސަލާމަތް ކޮށްފި

އައިމިނަތު މޫސާ
2 އޯގަސްޓު 2025 - 06:48
ފަރަށް އެރި ދޯންޏެއްގައި ތިބި މީހުން އެމްއެންޑީއެފް އިން ސަލާމަތް ކޮށްފި

ހއ. އަތޮޅު މަނަފަރު ރިޒޯޓުން ކުނި ބަރުކޮށްގެން ކ.ތިލަފުށްޓަށް ދަތުުރުކުރަމުން ދިޔަ ދޯންޏެއް ފަރަށް އަރައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ ހއ. އަތޮޅުގައި އޮންނަ މަނަފަރު ރިޒޯޓުން ކުނި ބަރުކޮށްގެން ކ.ތިލަފުށްޓަށް ދަތުުރުކުރަމުންދަނިކޮށް ފަރަށް އެރި "ގުރުވަ 1" ނަމަކަށްކިޔާ ދޯންޏެއް ކަމަށެވެ. އެ ދޯނީގައި ތިބި ފަޅުވެރީންނަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ ދިވެއްސަކާއި ދެ ބިދޭސީންނާ އެކު ދަތުރުކުރަމުންދިޔަ އެ ދޯނި، ނ.ކުޑަރަށް ކައިރިން ފަރަށް އެރިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނީ އޮގަސްޓު 1ވަނަ ދުވަހުގެ 23:24 ހާއިރުއެވެ.

އެ ހާދިސާގެ މަޢުލޫމާތު ލިބުމުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ހާބަރކްރާފްޓް ވަނީ އެ ސަރަހައްދަށް ދަތުރުކޮށް، ދޯނިން ދަތުރުކުރި ތިން ފަޅުވެރިން ހާބަރކްރާފްޓްއަށް ނަގާފައި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.  އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ އެހީތެރިކަމާ އެކު ފަޅުވެރީން ހޮނިހިރު ދުވަހު ހެނދުނު 08:45 ހާއިރު ނ.ހޮޅުދޫއަށް ވަނީ ގެންގޮސްފައެވެ.

އެ ދޯނިން ދަތުރުކުރި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފް ވަނީ ބުނެފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަރަށް އެރި ދޯންޏެއްގައި ތިބި މީހުން އެމްއެންޑީއެފް އިން ސަލާމަތް ކޮށްފިޚަބަރު | 7 ގަޑިއިރު ކުރިންބަލްކް ކެރިއަރެއްގައި އޮތް ހާލުބޮޑު ބަލި މީހަކު ނ.މަނަދޫއަށް ގެންގޮސްފިޚަބަރު | 8 ގަޑިއިރު ކުރިންމިނިވަން ދުވަހުގެ މުނާސަބާތުގައި ބާއްވާ ސިފައިންގެ ހިނގާލުން މިއަދު ހަވީރު ހުޅުމާލޭގައިޚަބަރު | 6 ދުވަސް ކުރިންއާ ޓާމިނަލް ހުޅުުވުމުގެ މުނާސަބަތުގައި މާދަމާ ރޭ މާލެ ވަށައިގެން 6 މިނެޓަށް ހަވާ އަރުވަނީ ޚަބަރު | 8 ދުވަސް ކުރިން