logo
Bank of Maldives

Bank of Maldives

ޚަބަރު

ފިނި މޫސުމާ ދިމާކޮށް މެލޭޝިޔާ އެއާލައިންސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ

އާމިނަތު ޝަފާ
2 އޯގަސްޓު 2025 - 10:30
ފިނި މޫސުމާ ދިމާކޮށް މެލޭޝިޔާ އެއާލައިންސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ

ކުރިއަށްއޮތް ފިނިމޫސުމާ ދިމާކޮށް މެލޭޝިޔާގެ ގައުމީ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފިއެވެ. 

މެލޭޝިޔާ އެއާލައިންސްއިން ބުނީ ފިނިމޫސުމާ ދިމާކޮށް އަންނަ އަޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމާފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެލޭޝިޔާ އެއާލައިނުން މިހާރު ކޮންމެ ހަފުތާއަކު ރާއްޖެއަށް ކުރަމުންދަނީ 7 ދަތުރެވެ. ނަމަވެސް އޮކްޓޯބަރުމަހުގެ 26 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް 11 ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުތައް ކުރުމަށް އެ އެއާލައިނުން ބޭނުންކުރާނީ ބޯއިން 737 މެކްސް 8 މަރުކާގެ މަތިންދާބޯޓެކެވެ.

މެލޭޝިޔާއަކީ ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެކެވެ. އޭގެ އިތުރަށް މެލޭޝިޔާއަކީ އެހެން ގައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިން ޓްރާންސިޓުވާ މަންޒިލެއްވެސްމެއެވެ. 

މެލޭޝިޔާގައި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނައިރު މި އަހަރުގެ އޭޕްރީލު މަހުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ މެލޭޝިޔާއަށް ރަސްމީ ދަތުރުފުޅެއްވެސް ކުރައްވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެލޭޝިއަން އެއާލައިންސްގެ ގެއްލުނު ބޯޓު، އެމްއެޗް 370 ހޯދުމުގެ އާ އޮޕަރޭޝަނެއް ފަށަނީދުނިޔެ | 2 ގަޑިއިރު ކުރިންފިނި މޫސުމާ ދިމާކޮށް މެލޭޝިޔާ އެއާލައިންސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީޚަބަރު | 4 މަސް ކުރިން