logo
Bank of Maldives

Bank of Maldives

ދުނިޔެ

މެލޭޝިއަން އެއާލައިންސްގެ ގެއްލުނު ބޯޓު، އެމްއެޗް 370 ހޯދުމުގެ އާ އޮޕަރޭޝަނެއް ފަށަނީ

އިސްމާޢިލް ރާތިޢު
3 ޑިސެމްބަރު 2025 - 10:30
ފޮޓޯ: ރޮއިޓަޒް
ފޮޓޯ: ރޮއިޓަޒް

8 މާޗު 2014 ގައި، މެލޭޝިއާގެ ކުއަލަ ލަމްޕޫރް އިން ފުރައިގެން ޗައިނާގެ ބެއިޖިންގ އަށް ދަތުރުކުރަނިކޮށް ގެއްލުނު މަތިންދާބޯޓު، އެމްއެޗް 370 ހޯދުމުގެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވެފައިވާ ކަމަށް މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލާދީ ބައިނަލްއަޤްވާމީ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މިފަހަރުގެ އޮޕަރޭޝަނުގައި ބަލާނީ ކުރިން ލިބިފައިވާ މައުލޫމާުތުތަކަށް ބިނާކޮށް، ބޯޓު ފެނުން އެންމެ އެކަށީގެންވާ ސަރަހައްދުތައް ކަމަށެވެ. އަދި މި މަސައްކަތަކީ އެމްއެޗް 370 އިން ދަތުރުކުރި ފަރާތްތަކުގެ އާއިލާތަކަށް ތަސައްލީއެއް ހޯދައިދިނުމަށް، މެލޭޝިއާ ސަރުކާރުން ކުރަމުންދާ މަސައްކަތް ދައްކުވައިދޭ ކަމެއް ކަމަށް އެގައުމުގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބޯޓު ވެއްޓުނު އިރު އޭގައި ތިބި 227 ފަސިންޖަރުންގެ ތިންބައި ކޮށްފަ ދެބައި މީހުންނަކީ ޗައިނާގެ ރައްޔިތުންނެވެ. މީގެ އިތުރުން މެލޭޝިއާ، އިންޑޮނީޝިއާ، އޮސްޓްރޭލިއާ އަދި އެހެނިހެންވެސް ގައުމުތަކަށް ނިސްބަތްވާ މީހުން އެދުވަހު އެމްއެޗް 370 އިން ދަތުރުކުރިއެވެ.

މިހާދިސާ ތަހުގީގުކުރި ފަރާތްތަކުން 2018 ވަނަ އަހަރު ވަނީ 495 ޞަފްޙާގެ ރިޕޯޓެއް ނެރެފައެވެ. އެ ރިޕޯޓުގައި ވާގޮތުން، ބޯޓު ގެއްލުމަށް މެދުވެރިވި ވަކި ސަބަބެއް ދެނެގަނެވިފައި ނުވި ނަމަވެސް، ބޯޓުގެ ޕައިލެޓުން ފިޔަވާ އެހެން މީހަކު، ނުވަތަ ބަޔަކު ބޯޓު ކޮންޓްރޯލްކޮށްފައި ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެފައިވެއެވެ. ސެޓަލައިޓު ޑޭޓާ ދައްކާގޮތުން ބޯޓުގެ މިސްރާބު ބަދަލުވެ، އެންމެ ފަހުން ދަތުރުކޮށްފައި ވަނީ އިންޑިއާ ކަނޑުގެ ދެކުނާ ދިމާލަށެވެ. އަދި އެހާ ހިސާބުން ބޯޓުން ތެޔޮ ހުސްވެގެން ވެއްޓިފައިވާ ކަމަށް ހާދިސާ ތަހުގީގުކުރި ފަރާތްތައް ގަބޫލުކުރެއެވެ.

ބޯޓު ގެއްލުމުން އެންމެ ފުރަތަމަ އޮސްޓްރޭލިއާގެ އިދާރާތަކުން ވަނީ މޮޒަމްބީކް، މަޑަގަސްކާ އަދި ރީޔޫނިއަން އައިލެންޑް ހިމެނޭހެން 46,300 އަކަ މޭލުގެ ސަރަހައްދެއް، އިރުމަތީ އެފްރިކާ އާއި އިންޑިއާ ކަނޑުގެ ގައުމުތަކުގެ އައްސޭރިފަށް ބަލާފައެވެ. މިފަހަރުގެ އޮޕަރޭޝަނުގައި، "އޯޝަން އިންފިނިޓީ"ގެ އެހީއާއެކު 5,800 އަކަ މޭލުގެ ސަރަހައްދެއް، 55 ދުަވަހުން ބެލުމަށް ހަމަޖެހިފައިވާ ކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

މި ޕްރޮޖެކްޓުގެ ތެރެއިން، ބޯޓުގެ ބައިތަކުގެ ތެރެއިން ބޮޑު ބައެއް ހޯދިއްޖެ ނަމަ، "އޯޝަން އިންފިނިޓީ" އަށް މެލޭޝިއާ ސަރުކާރުން 70 މިލިއަން އެމެރިކާ ޑޮލަރުގެ އަގެއް ދޭން ނިންމާފައިވާ ކަމަށާއި ބޯޓުގެ ބައިތައް ހޯދުމުގައި އެއްވެސް ވަރެއްގެ ކުރިއެރުމެއް ނުހޯދިއްޖެ ނަމަ އެއްވެސް އަގެއް ނުދޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ޕްރޮޖެކްޓު ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެލޭޝިއަން އެއާލައިންސްގެ ގެއްލުނު ބޯޓު، އެމްއެޗް 370 ހޯދުމުގެ އާ އޮޕަރޭޝަނެއް ފަށަނީދުނިޔެ | 2 ގަޑިއިރު ކުރިންފިނި މޫސުމާ ދިމާކޮށް މެލޭޝިޔާ އެއާލައިންސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީޚަބަރު | 4 މަސް ކުރިން