logo
Bank of Maldives

Bank of Maldives

ޚަބަރު

ހަޤީޤަތެއްނެތް ކަންކަމުގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކައަކުން ސިޔާސީ މަސައްކަތް ނުހުއްޓުވޭނެ: ޝުޖާޢު

މުހައްމަދު މޫސާމުހައްމަދު މޫސާ
2 އޯގަސްޓު 2025 - 14:51
ހަޤީޤަތެއްނެތް  ވާހަކަ ފަތުރައިގެން ސިޔާސީ މަސައްކަތް ހުއްޓުވޭނެކަމަށް ހީކުރުމީ މޮޔަކަމެއް: ޝުޖާޢު

ހަޤީޤަތެއްނެތް ކަންކަމުގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކައަކުން އޭނާ ކުރާ ސިޔާސީ މަސައްކަތް ނުހުއްޓުވޭނެކަމަށް ދުށުމީ މޮޔަކެމއްކަމަށް ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާޢު ވިދާޅުވެފައިވަނީ، އޭނާ އާއި އަދި އޭނާގެ ވިޔަފާރި ކުންފުނި އޮފިޝަލް އިވެންޓްސްއާ ގުޅޭގޮތުން ފެތުރެމުންދާ ވާހަކަތަކަކީ އަސްލެއް އޮތް ނުވަތަ ފޭކް އެއްޗެއްކަން ދެނެގަތުމަށް ދަތިވާ ކަމަށެވެ. އެއީ އެއްވެސް ރަސްމީ އިދާރާއަކުން އެކަމާ ގުޅޭ މަޢުލޫމާތެއް ލިބިފައިނުވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އެއީ ޞައްޚަ ލިޔުމެއް ނަމަ، އެއީ މަސައްކަތްތައް ކާމިޔާބު ކުރިގޮތާއި މަސައްކަތް ކުރިގޮތް ވަރަށް ބޮޑަށް އޮޅޭގޮތަށް ނުވަތަ ގަސްދުގައި ހަޤީޤަތް އޮޅުވާލައި، އަޅުގަނޑުގެ ޙިއްސާވާ ވިޔަފާރި ކުންފުންޏަށް ގެއްލުން ދިނުމުގެ މަގްޞަދުގައި ކޮށްފައިވާ ކަމެއް،" ޝުޖާޢު ވިދާޅުވިއެވެ.

ޝުޖާޢު އިތުރަށް ވިދާޅުވީ، އޭނާގެ ކުންފުންޏަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކުގެ ތެރެއިން މަސައްކަތްކުރާ ކުންފުންޏެއް ކަމަށާއި، ރައީސް ޔާމީން، ރައީސް ޞާލިޙް އަދި ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގައިވެސް އެކި ޕްރޮޖެކްޓުތައް ކާމިޔާބުކަމާއެކު ހިންގާފައިވާ ކަމަށެވެ.

ޝުޖާޢު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އޭނާގެ ހިއްސާ އޮންނަ އެއްވެސް ކުންފުންޏަކާ ގުޅޭގޮތުން މިއަދާ ހަމައަށްވެސް އެއްވެސް އިދާރާއަކުން މައްސަލައެއް ބަލާފައެއް ނުވެއެވެ. އަދި މިފަދަ ހަޤީޤަތެއްނެތް ކަންކަމުގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކައަކުން އޭނާ ކުރައްވާ ސިޔާސީ މަސައްކަތް ހުއްޓުވޭނެ ކަމަށް ދުށުމީ މޮޔަކަމެއްކަމުގައި ވެސް އޭނާ ވިދާޅުފަވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި ކުރެވޭ އިންވެސްޓުމެންޓުތައް އިތުރުކުރުމަށް އެސްއީޒެޑް ގާނޫނަށް އިސްލާހު ހުށަހަޅުއްވައިފި ޚަބަރު | 13 ގަޑިއިރު ކުރިންރައީސް މުޢިއްޒަކީ އޯގާތެރި ވެރިއެއް، ޔާމީނުނަމަ މޫނު ކުނިކުރާނެ، އިބޫ ނަމަ މުޅިތަން ބަންދުކުރާނެ: ޝުޖާޢުޚަބަރު | މަހެއް ކުރިންޝިއާރުތައް ހިމެނޭ ބެނާތައް ދެމުން އެންމެ އައުލާކަން ބޮޑީ އެމްޑީޕީ ހަރުގެ ކުރިމަތީގަ: ޝުޖާޢުޚަބަރު | މަހެއް ކުރިންއަތޮޅުތައް އުވާލާކަށްނޫޅެން، ގެންނާނީ ރައްޔިތުން އެދޭ ހެޔޮބަދަލު: ޝުޖާއުޚަބަރު | 2 މަސް ކުރިން