logo
Bank of Maldives

Bank of Maldives

ޚަބަރު

ޝިއާރުތައް ހިމެނޭ ބެނާތައް ދެމުން އެންމެ އައުލާކަން ބޮޑީ އެމްޑީޕީ ހަރުގެ ކުރިމަތީގަ: ޝުޖާޢު

އައިޝަތު ނަޝާ
14 ސެޕްޓެމްބަރު 2025 - 10:19
ޝިއާރުތައް ހިމެނޭ ބެނާތައް ދެމުން އެންމެ އައުލާކަން ބޮޑީ އެމްޑީޕީ ހަރުގެ ކުރިމަތީގަ: ޝުޖާޢު

"ލޫޓުވައިފި" އަދި "ދަވާލައިފި"މިފަދަ ޝިޔާރުތައް ހިމެނޭ ބެނާފަދަ ތަކެތި ދެމުން އެންމެ އައުލާކަން ބޮޑީ އެމްޑީޕީ ހަރުގެ ކުރިމަތީގަ ކަމަށް ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ސުޖާއު ވިދާޅުުވެއްޖެއެވެ.

މެމްބަރު ޝުޖާއު މިހެން ވިދާޅުވެފައިވަނީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 "އެމްޑީޕީ ސަރުކާރުން ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު ހުސްކުރި ގޮތް!" މި ނަމުގައި ރާއްޖޭގެ މީޑިއާއެއްގައި ގެނެސްފައިވާ ހަބަރަކަށް ޙަވާލާދެއްވައި ޝުޖާއު ވިދާޅުވީ ގައުމު ލޫޓުވާލިގޮތް ރައްޔިތުންނަށް އޮތީ ފެންނަންކަމަށެެވެވ.

އެމްޑީޕީން އަންނަނީ މާލޭގެ މަގުތަކުގައި ސަރުކާރާ ދެކޮޅު ބެނާތައް ހަރުކުރަމުންނެވެ.

ޝުޖާއު ވިދާޅުވީ ކިތައްމެ ވަރަކަށް މަގުތަކުގައި ސަރުކާރާ ދެކޮޅު ބެނާތައް ދެމި ނަމަވެސް މި ސަރުކާރުން އެ ބެނާތައް ނުނަގާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ ވާދަވެރި ސިޔާސީ ހަރަކާތައް ޖާގަދެއްވަން ކެރިވަޑައިގަންނަވާ ވެރިއެއްކަން މެމްބަރު ޝުޖާއު ފާހަގަކުރެއްވިއެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ ޕީއެންސީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތްއިރު އެމްޑީޕީން ކަނޑުވިއްކާލައިގެންނާއި ދިވެހި ރައްޔިތުން ބިކަކޮށްގެނާއި ފުލެޓްތައް ފޭރިގެން ބާއްވަން އުޅުނުހާ އެއްވުން ތަކަށް އެއްވެސް ބެނާއެއް ދެމުމުގެ ހުއްދައެއް ނުދިންކަމަށެވެ.

"މާނަ އަކީ ތިބޭފުޅުންނަކީ ފިނޑި ފިނދަނަތަކެކޭ." ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު

ޝުޖާއު މިފަދައިން ވިދާޅުވިއިރު އެމްޑީޕީގެ ސަރުކާރު ނިމުނު އިރު ރާއްޖޭގެ މާލީ ހާލަތު ގޯސްވެ ކުންފުނިތައްވެސް ބޮޑެތި އަދަދުތަކުން ދަރުވާލާފައިވާކަމަށް މި ސަރުކާރުގެ އިސް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަރިފުޅަށް ދެ އަހަރު ވަންދެން ހުސްވަގުތު ދެވޭ ގޮތަށް ޤާނޫނަށް ހުށަހެޅި އިސްލާހު ފާސްކޮށްފިޚަބަރު | 13 ދުވަސް ކުރިންހަތަރު ޤައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރަން ފާސްކޮށްފިޚަބަރު | 13 ދުވަސް ކުރިންތިން އަހަރުވަންދެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް، ޓިއުޝަން ސެންޓަރެއްގެ ވެރިޔަކު ހައްޔަރުކޮށް ބަންދަށް 30 ދުވަސްޚަބަރު | މަހެއް ކުރިންކައުންސިލް އިންތިޚާބުގައި ހުރިހާ ރައްޔިތުން ވެސް އެމްޑީޕީ އަށް ނޫނެކޭ ބުނަންޖެހޭ: ފަލާހްޚަބަރު | މަހެއް ކުރިން