logo
Bank of Maldives

Bank of Maldives

ޚަބަރު

ޖަޕާނުގައި ދަނޑުވެރިކަން ކިޔެވުމުގެ ފުރުޞަތު ހުޅުވާލައިފި

އަޙްމަދު ޒަލީފް
23 ސެޕްޓެމްބަރު 2024 - 06:59
ޖަޕާނުގައި ދަނޑުވެރިކަން ކިޔެވުމުގެ ފުރުޞަތު ހުޅުވާލައިފި

ދަނޑުވެރިކަމުގެ ދާއިރާ އިން ޖަޕާންގައި މަތީ ތައުލީމު ހާސިލު ކުރަން ސްކޮލަޝިޕް ފުރުސަތުތަކަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.

މިކަމާ ގުޅޭގޮތުން އެ މިނިސްޓްރީން ބުނެފައިވަނީ ޖަޕާން އިންޓަރނޭޝަނަލް ކޯޕްރޭޝަން އޭޖެންސީ (ޖައިކާ) ގެ އެގްރިކަލްޗަރ ސްޓަޑީޒް ނެޓްވޯކް ފޮ ފުޑް އެންޑް ސެކުރިޓީ 2025 ގެ ދަށުން ދަނޑުވެރިކަމުގެ ދާއިރާއިން މާސްޓާސް ޑިގްރީ އާއި ޕީއެޗްޑީ ހާޞިލުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ސްކޮލަޝިޕްގެ ދަށުން މާސްޓަރސް ކޯހުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި، ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލާސް ޑިގްރީ ހާޞިލުކޮއްފައިވުމާއި އަންނަ އަހަރުގެ އެޕްރީލް 1 އަށް އުމުރުން 35 ފުރިފައި ނުވުން ހިމެނެއެވެ. އަދި ޕީއެޗްޑީ ކޯހުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި، ކޯހާއި ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާޞިލުކޮއްފައިވުން، އޭޕްރީލް އަންނަ އަހަރުގެ އެޕްރީލްގެ ނިޔަލަށް އުމުރުން 40 ފުރިފައި ނުވުން ހިމެނެ އެވެ.

ސްކޮލަޝިޕަށް ހުޅަހެޅުމުގެ ސުންގަޑި އަކީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 1:30 އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދޮށީ އުމުރުގެ މީހުން ދަތުރުކުރުމަށް ބޭނުންވާ އުޅަނދު ރާއްޖެ ގެންނަން އެއްބަސްވުމެއްޚަބަރު | 6 ދުވަސް ކުރިންޖަޕާނުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ، ތަހުނިޔާ ފޮނުއްވައިފި ޚަބަރު | 15 ދުވަސް ކުރިންރައީސުލްޖުމްހޫރިއްޔާ، ޖަޕާނުގެ ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި ޚަބަރު | 18 ދުވަސް ކުރިންޖަޕާނަށް އަނެއްކާވެސް ބިންހެލުމެއް؛ ސުނާމީއެއް އަރާފާނެކަމުގެ އިންޒާރު!ދުނިޔެ | 3 މަސް ކުރިން