ޝަރުއީ ދާއިރާއަށްއޮތް އިތުބާރު ދަމަހައްޓަން ޝަހީދުގެ ނަން އަނބުރާ ނަގަން ނިންމައިފި
3 އޯގަސްޓު 2025 - 06:39
.png&w=3840&q=75)
ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަކުރުމަށް ނިންމާފައިވާ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދު ފަނޑިޔާރުކަމާ ހަވާލުވުމަށް އުޒުރުވެރިވާކަން ހާމަކޮށް އެކަން ޖުޑީޝަލް ސާވިސް ކޮމިޝަން- ޖޭއެސްސީއަށް އަންގައިފިއެވެ.
ޖޭއެސްސީގެ ރައީސް ހުސެއިން ރިޒާއަށް އެޑްރެސްކުރައްވައި ޝަހީދު ފޮނުއްވި ސިޓީގެ ކޮޕީއެއް މެންދުރަށް ލިބިފައިވާއިރު ސިޓީގައިވަނީ މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށާއި އަދި މަޤާމާއި ޙަވާލުވުމަށް ޢުޒުރުވެރިވާކަމަށެވެ.
މަގާމާ ހަވާޅުވުމަށް އުޒުރުވެރިވި ސަބަބެއްގެ ގޮތުގައި ވިދާޅުވެފައިވަނީ މަޤާމަށް ކުރިމަތިލުމުގެ ކުރިން މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ނައިބު ވަޒީރު ކަމުގެ މަޤާމު އަދާކޮށްފައިވާތީ، ސިޔާސީ މީހެއްގެ ގޮތުގައި ރައްޔިތުންގެ ތެރެއިން ބަޔަކު އޭނާ ސިފަކޮށް އަދި އޭނާ މި މަޤާމާއި ޙަވާލުވެއްޖެނަމަ، ޖުޑީޝަރީގެ މިނިވަންކަމާއި މުސްތަޤިއްލުކަން ގެއްލިދާނެކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރާތީއާއި އަދި ފަނޑިޔާރުންގެ ނަޒާހާތްތެރިކަމާމެދު ރައްޔިތުންގެ މެދުގައި ސުވާލު އުފައްދަފާނެ އެއްވެސް ޖާގައެއް ނުދިނުމުގެގޮތުން ކަމަށެވެ.
ރައްޔިތުންގެ މެދުގައި ޖުޑީޝަރީއަށް އޮންނަ އިތުބާރާއި މުސްތަޤިއްލުކަން ދެމެހެއްޓުމުގެ މަޤުޞަދުގައި އެޕްލިކޭޝަން ބާޠިލްކޮށް ދެއްވައި، ނަން އަނބުރާ ގެންދިއުމަށް އެދި ޝަހީދު ވަނީ އެދިވަޑައިގެންފައެވެ.