logo
E-Platinum
ޚަބަރު

ޖަމީލް، ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރައްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
4 އޯގަސްޓު 2025 - 01:53
ޖަމީލް، ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރައްވައިފި

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރަކަށް އަލްއުސްތާޛު ޢަބްދުﷲ ޖަމީލު މޫސާ އާދީއްތަ ދުވަހުގެ ރޭ އައްޔަންކުރައްވައިފިއެވެ.

ސުޕްރީމް ކޯޓުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި ފަނޑިޔާރުކަމުގެ ލިޔުން ޖަމީލާ ހަވާލުކޮށްދެއްވީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ހުސައިން ރިޒާ އާދަމެވެ.

ޖަމީލް ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރައްވާފައިވަނީ ޖޭއެސްސީގެ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

އާދީއްތަ ދުވަހުގެ ރޭ ބޭއްވުނު ރަސްމިއްޔާތުގައި ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވުމަށްފަހު، ހުވާގެ އިޤުރާރުގައި ޖަމީލު ސޮއިކުރެއްވިއެވެ. މަޤާމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ހަމީދެވެ.

ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތު އޮނަރސް ހާސިލްކުރައްވާފައިވާ ޖަމީލަކީ 15 އަހަރަށްވުރެ ދިގު މުއްދަތަކަށް ޣާޒީކަމުގައި ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އެންމެ ފަހުން ހުންނެވީ ސިވިލް ކޯޓުގެ ޤާޟީކަމުގެ މަޤާމުގައެވެ. ހާއްސަކޮށް އޭނާގެ ޣާޒީކަމުގައި ސިވިލް ކޯޓުގައި ބޮޑެތި މައްސަލަތަކެއް ބެއްލެވި އެވެ. ޣާޒީކަމުގެ މަޤާމުން ވަކިވެވަޑައިގެންނެވުމަށްފަހު، ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވެއެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމު ހުސްވެފައިވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި އަލްއުސްތާޛު ޢަބްދުﷲ ޙަމީދާއި އަލްއުސްތާޛު މުޙައްމަދު ސަލީމް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.

މި މަޤާމަށް ކުރިމަތިލެއްވި 18 ބޭފުޅުންގެ ތެރެއިން ޖަމީލާއި އެކު ހައިކޯޓަށް އައްޔަންކުރަން ޖޭއެސްސީން ނިންމާފައިވަނީ ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދެވެ.

https://mendhuru.tv/dv/10320

ނަމަވެސް ޝަހީދު ވަނީ އާދީއްތަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށާއި މަޤާމާ ހަވާލުވުމަށް އުޒުރުވެރިވެފައެވެ. މިގޮތަށް ނިންމެވި ސަބަބެއްގެ ގޮތުގައި ވިދާޅުވެފައިވަނީ، ކުރިން އަދާކުރެއްވި ސިޔާސީ މަޤާމާ ގުޅިގެން ޖުޑީޝަރީގެ މިނިވަންކަމާއި މުސްތަޤިއްލުކަމާމެދު ރައްޔިތުންގެ މެދުގައި ސުވާލު އުފެދިދާނެތީ ކަމަށެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިގުލައިގެންދާ މައްސަލަތަކަށް ހައްލު ހޯދޭނީ އެކުގައި މަސައްކަތް ކޮށްގެން - ރިޒާ ޚަބަރު | 9 ގަޑިއިރު ކުރިންއުއްތަމަ ފަނޑިޔާރަކަށް ޣަނީރިޕޯޓް | 10 ގަޑިއިރު ކުރިންޖަމީލް، ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރައްވައިފިޚަބަރު | 16 ގަޑިއިރު ކުރިންޝަރުއީ ދާއިރާއަށްއޮތް އިތުބާރު ދަމަހައްޓަން ޝަހީދުގެ ނަން އަނބުރާ ނަގަން ނިންމައިފިޚަބަރު | ދުވަހެއް ކުރިން