logo
E-Platinum
ކުޅިވަރު

ޔުނައިޓެޑުގެ ސްޓޭޑިއަމް މަސްރޫޢު ލަސްވެއްޖެ

އަބްދުﷲ ޣާނިމް
3 އޯގަސްޓު 2025 - 09:26
މެންޗެސްޓަރ ޔުނައިޓެޑުން އިޢުލާން ކުރި އައު ސްޓޭޑިއަމް ހުންނާނެ ގޮތުގެ ކުރެހުން. ފޮޓޯ: މެންޗެސްޓަެ ޔުނައިޓެޑް
މެންޗެސްޓަރ ޔުނައިޓެޑުން އިޢުލާން ކުރި އައު ސްޓޭޑިއަމް ހުންނާނެ ގޮތުގެ ކުރެހުން. ފޮޓޯ: މެންޗެސްޓަެ ޔުނައިޓެޑް

މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑް ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ރޭވި 100،000 މީހުންގެ ސްޓޭޑިއަމްގެ މަޝްރޫޢު މަޑުޖެހިއްޖެއެވެ. ސަރ ޖިމް ރެޓްކްލިފް "ދަ ވެމްބްލީ އޮފް ދަ ނޯތު" ގެ ނަމުން ނަންދެއްވާފައިވާ މި މަޝްރޫޢު ލަސްވެފައިވަނީ މަޝްރޫޢަށް ބޭނުންވާ ބިމުގެ އަގާ ގުޅޭ ގޮތުން ދިމާވެފައިވާ ހުރަސްތަކާ ގުޅިގެންނެވެ.

އޯލްޑް ޓްރެފޯޑް ރީޖެނެރޭޝަން ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މި މަޝްރޫޢަށް ބޭނުންވަނީ މިހާރު ފްރެއިޓްލައިނަރ އިން ރެއިލް ފްރެއިޓް ޓާމިނަލްއެއްގެ ގޮތުގައި ބޭނުންކުރަމުންދާ ބިމެކެވެ. ނަމަވެސް މި ބިމުގެ އަގާ ގުޅޭ ގޮތުން ދެ ފަރާތުގެ ދެމެދުގައި ވަނީ ބޮޑު ތަފާތުތަކެއް އުފެދިފައެވެ.

ފްރެއިޓްލައިނަރގެ މައި ކުންފުނި ބްރޫކްފީލްޑްއިން އެދެނީ އެ ބިމަށް ގާތްގަނޑަކަށް 400 މިލިއަން ޕައުންޑެވެ. ނަމަވެސް މެންޗެސްޓަރ ޔުނައިޓެޑްއިން އެ ބިމަށް އަގުކުރަނީ 40 އިން 50 މިލިއަން ޕައުންޑާ ދެމެދުގެ އަދަދެކެވެ.

ފްރެއިޓްލައިނަރއިން ވަނީ ޓްރެފޯޑް ޕާކުން ސެއިންޓް ހެލެންސްއަށް ބަދަލުވުމަށް އެއްބަސްވެފައެވެ. އެ ސަރަހައްދުގައި އިތުރު ޖާގައިގެ ވަސީލަތްތައް ޤާއިމްކުރެވޭނެއެވެ. ނަމަވެސް މި ބަދަލުވުމަށް އެ ކުންފުންޏަށް އަވަސްވެގަތުމުގެ ބޭނުމެއް ނެތެވެ.

މި މައްސަލައާ ގުޅޭ ގޮތުން މަޢުލޫމާތު ދިން ފަރާތަކުން ބުނީ "ފްރެއިޓްލައިނަރއަށް ޔުނައިޓެޑް ކޮންޓްރޯލް ކުރެވޭ" ކަމަށެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް ފެށުމަށް 2025 ވަނަ އަހަރުގެ ނިޔަލަށް ރޭވިފައިވީ ނަމަވެސް، ފޯސްޓަރ + ޕާޓްނަރސް އިން ފަރުމާކޮށްފައިވާ މި މަޝްރޫޢު 2030 ވަނަ އަހަރަށް ނިންމުމަށް ރޭވިފައިވާ ތާވަލަށް ބަދަލު އަންނާނެ ކަމަށް ބެލެވެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގަރްނަޗޯ ޗެލްސީއަށް ބަދަލުވުމަށް ހޭވައްލާ ތައްޔާރު! ޗެލްސީއިން ބިޑުކުރަނީކުޅިވަރު | ދުވަހެއް ކުރިންޔުނައިޓެޑުގެ ސްޓޭޑިއަމް މަސްރޫޢު ލަސްވެއްޖެކުޅިވަރު | ދުވަހެއް ކުރިންސެސްކޯގެ ސޮއި ހޯދުމަށް ނިއުކާސަލް އާއި މެންޗެސްޓަރ ޔުނައިޓެޑް ގަދަހިފުމަކަށްކުޅިވަރު | 7 ދުވަސް ކުރިންޔުނަޢިޑެޓުން ބޭނުންނެތިގެން ދޫކޮށްލާ ރަޝްފޯޑު ބާސާއަށް ބަދަލުވަނީކުޅިވަރު | 16 ދުވަސް ކުރިން