logo
Bank of Maldives

Bank of Maldives

ޚަބަރު

އޮގަސްޓު މަހުގެ ނިޔަލަށް ވައްކަމުގެ 1833 މައްސަލަ ހުށަހަޅާފައިވޭ: ފުލުހުން

އައިމިނަތު މޫސާ
3 އޯގަސްޓު 2025 - 11:46
އޮގަސްޓު މަހުގެ ނިޔަލަށް ވައްކަމުގެ 1833 މައްސަލަ ހުށަހަޅާފައިވޭ: ފުލުހުން

މިއަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމާއި ގުޅުން ހުރި މައްސަލަތައްކަމަށް ފުލުހުންގެ އިދާރާ އިން ހާމަކޮށްފިއެވެ.

ފުލުހުން އާންމު ކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ވައްކަމާ ގުޅުން ހުރި 1833 މައްސަލައެއް ހުށަހަޅާފައިވެއެވެ. ދެ ވަނަ އަށް އެންމެ ގިނައިން ރިޕޯޓް ކޮށްފައިވަނީ ޓްރެފިކް އެކްސިޑެންޓުތަކުގެ މައްސަލައެވެ. އެގޮތުން އެ ބާވަތުގެ 1697 މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުންގެ އިދާރާއިން އާންމު ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ތިން ވަނަ އަށް އެންމެ ގިނައިން ރިޕޯޓް ކޮށްފައިވަނީ މަސްތުވާތަކެއްޗާއި ގުޅުން ހުރި މައްސަލައެވެ. އެގޮތުން މަސްތުވާތަކެއްޗާ ގުޅޭ 1070 މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބު ތަކުން ދައްކާއެވެ.

ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި މުދާ ގެއްލިގެން ވެސް ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވެއެވެ. އެގޮތުން މުދާ ގެއްލިގެން 532 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އަދި މާރާމާރީގެ 341 މައްސަލައެއް ހުށަހަޅާފައިވާއިރު ތަންތަނާއި މުދަލަށް ގެއްލުންދިނުމުގެ 326 މައްސަލައެއްވެސް މި މުއްދަތުގެ ތެރޭގައި ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

ހިޔާނާތްތެރިވުމުގެ 207 މައްސަލައެއް ހުށަހަޅާފައިވާ އިރު އޮގަސްޓު މަހުގެ ނިޔަލަށް ޖިންސީ ކުށްތަކާއި ގުޅުންހުރި 138 މައްސަލައެއްވެސް ފުލުހުންނަށް ހުށައެޅިފައިވާއިރު ގެވެށި އަނިޔާގެ 182 މައްސަލައާއި ފޭރުމުގެ 133 މައްސަލައަކާއި ނަކަލުކުރުމާއި ލިޔެކިއުން އޮޅުވާލުމުގެ 49 މައްސަލައެއް ހުށަހަޅާފައިވާކަމަށް ފުލުހުން އާންމު ކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބްރިޖް މަތީގައި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް ފަރުވާ ދެނީޚަބަރު | މަހެއް ކުރިންގަވާއިދާ ހިލާފަށް އުޅެމުންދިޔަ 10 ބިދޭސީން އަތުލައިގެންފިޚަބަރު | މަހެއް ކުރިންއަންހެން އޮފިސަރުން ބާރުވެރިކުރުވައި، ލީޑަރުންގެ ގޮތުގައި ހަދާނަން: ސީޕީ ނަވީންޚަބަރު | މަހެއް ކުރިންމާލޭގައި ވަޅިން ހަމަލާދީ ޒުވާނަކު ޒަޚަމްކޮށްލި މައްސަލައެއް ބަލަނީޚަބަރު | މަހެއް ކުރިން