logo
MPL

MPL

ޚަބަރު

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 10 ބިދޭސީން އަތުލައިގެންފި

އައިޝަތު ނަޝާ
18 ސެޕްޓެމްބަރު 2025 - 06:34
ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 10 ބިދޭސީން އަތުލައިގެންފި

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 10 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ޓާސްކްފޯސްއިން ސެޕްޓެންބަރު 16 ވަނަ ދުވަހުގެ ރޭ ވަނީ ހުޅުމާލޭގެ ހައިވަކަރު މަގުގައި ހިމެނޭ އެކޮމޮޑޭޝަން ބްލޮކްތަކާއި އެ ސަރަހައްދުގައި އުޅޭ ބިދޭސީން ހިމެނޭހެން 40 ބިދޭސީއަކު ބަލައި ފާސްކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭގެތެރެއިން ގަވާއިދާ ހިލާފަށް އުޅެމުންދިއަ 10 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށްވަނީ ގެންގޮސްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މި ރެއިޑުގައި، އަލަށް އިމިގްރޭޝަނަށް ވަން އޮފިސަރުންނަށް ދެވޭ ހާއްސަ ތަމްރީނުގެ ދަށުން، "އިމިގްރޭޝަން އޮފިސަރ ޓްރެއިނީސް" ވެސް ވަނީ ބައިވެރިކޮށްފައެވެ.

ބިދޭސީން ދިރިއުޅޭ ގެތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް އިމިގްރޭޝަނުން ފަށާފައިވާއިރު، ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްޙަ ވިސާ ނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ޚާއްސަ އޮޕަރޭޝަނެއްވެސް އަންނަނީ ހިންގަމުންނެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަން ރާއްޖޭގެ ހުރިހާ ރަށަކަށް ސަރުކާރުން ވަނީ ފުޅާކޮށްފައެވެ. އަދި ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް، ބިދޭސީންގެ މައްސަލަތައް 3 އަހަރުގެތެރޭ ޖުމްލަ ޙައްލެއް ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ.

އިމިގްރޭޝަންގެ މަޤްސަދަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އާންމު ސިއްޙަތަށް ނުރައްކާވާ ފަދަ ކަންކަން މަދުކޮށް، ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލްވާ ފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމެވެ.

 

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއަދާ މާދަމާވެސް ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ: އިމިގްރޭޝަން ޚަބަރު | 4 ދުވަސް ކުރިންއެނުއަލް ޕޮލިސިން ކޮންފަރެންސް ފަށައިފިޚަބަރު | 7 ދުވަސް ކުރިންރާއްޖޭގެ ރިސޯޓެއްގައި އެއްޖިއްސުން ކައިވެނިކޮށްދޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުން - މިމައްސަލަ ފުލުހުން ތަޙުޤީޤު ކުރަން ފަށްޓަައިފިޚަބަރު | 9 ދުވަސް ކުރިންއިމިގްރޭޝަން އޮފިސަރުންނަށް ޝަރަފުގެ ކުލައާއި މެޑަލް ދޭން ގަވާއިދު ބަދަލުކޮށްފިކޯޓް ރޫމް | 12 ދުވަސް ކުރިން