logo
MPL

MPL

ޚަބަރު

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިއްސުން ކައިވެނިކޮށްދޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުން - މިމައްސަލަ ފުލުހުން ތަޙުޤީޤު ކުރަން ފަށްޓަައިފި

މެންދުރު ޓީމް
6 ނޮވެމްބަރު 2026 - 04:11
ރާއްޖޭގެ ރިސޯޓެއްގައި އެއްޖިއްސުން ކައިވެނިކޮށްދޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުން - މިމައްސަލަ ފުލުހުން ތަޙުޤީޤު ކުރަން ފަށްޓަައިފި

ދިވެހިރާއްޖޭގެ ރިސޯޓެއްގައި އެއްޖިއްސުން ކައިވެނިކޮށްދޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމު ވެފައިވާތީ އެމައްސަލަ ފުލުހުން ތަޙުޤީޤު ކުރަން ފަށްޓާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ އެމުޢައްސަސާގެ ފޭސްބުކް ޕޭޖުގައި އާންމުކުރި ޕޯސްޓެއްގައެވެ. މި ޕޯސްޓްގައި ބުނެފައިވަނީ މިޢަމަލަކީ ޤާނޫނީ ގޮތުން ހުއްދަނޫން ޢަމަލަކަށްވާތީ ދިވެހި ފުލުހުންގެ ޚިދުމަތުން މިމައްސަލަ މިހާރު ތަޙުޤީޤް ކުރަމުން އަންނަ ކަމަށެވެ. ހަމަ އެހެންމެ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމުގައި ވެފައި، ދީނީ އަދި ޝަރުޢީ އުސޫލުތަކާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާއި އާންމު އިޖުތިމާޢީ އަދި އަޚްލާޤީ މިންގަނޑުތަކާއި ޚިލާފު ޢަމަލުތައް އެްވެސް ފަރާތަކުން ނުހިންގުމަށް ނަސޭޙަތްތެރިވާ ކަމަށެވެ. ރިސޯޓްތަކާއި ގެސްޓްހައުސް އަދި އެހެނިހެން ވަޒީފާތަކުގައި އުޅޭ ބިދޭސީ މުވައްޒަފުންވެސް މިފަދަ ޢަމަލުތައް ހިންގިޔަ ނުދިނުމަށް އެންމެހާ ފަރާތްތަކަށް ޢިލްތިމާސް ކުރައްވާ ކަމަށެވެ. އަދި މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނޭކަން ހަނދާން ކޮށްދޭކަމަށް ފުލުހުންގެ ޕޯސްޓްގައި ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިއްސުން ކައިވެނިކޮށްދޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުން - މިމައްސަލަ ފުލުހުން ތަޙުޤީޤު ކުރަން ފަށްޓަައިފިޚަބަރު | 32 މިނިޓު ކުރިންމާލެއިން މަސްތުވާތަކެއްޗާއެކު ހަތަރު މީހުން ހައްޔަރުކޮށްފިޚަބަރު | 4 ދުވަސް ކުރިން ޚިދުމަތުގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ހޮނިހިރު ދުވަހު ފުލުހުން ކުޑަކުދިންގެ ހަވީރެއް ބާއްވަނީޚަބަރު | 2 މަސް ކުރިންދުއްވި ސައިކަލް ކޮންޓްރޯލްނުވެ ގޮސް ޖެހުނީ ލައިޓަށް މަޑުކޮށްފައި އޮތް ޕިކަޕެއްގައިޚަބަރު | އަހަރެއް ކުރިން