އެނުއަލް ޕޮލިސިންގ ކޮންފަރެންސް 2026 ފަށައިފި
8 ނޮވެމްބަރު 2026 - 08:05

ދިވެހި ފުލުހުންގެ ޚިދުމަތުގެ "އެނުއަލް ޕޮލިސިންގ ކޮންފަރެންސް 2026" ފަށައިފި އެވެ.
މި ކޮންފަރެންސަކީ ފުލުހުން އިސްކަންދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް، 2027 ވަނަ އަހަރުގެ އެކްޝަން ޕްލޭން އެކުލަވައިލުމަށް ބައިވެރިން އެއްތަންވެގެން ކުރިއަށްގެންދާ ކޮންފަރެންސެކެވެ.
.png&w=750&q=75)
Ad by Hajj Corporation
އިސްކަންދަރު ކޮށީގައި މިއަދު ފެށި މި ތިން ދުވަހުގެ ކޮންފަރެންސް ނޮވެމްބަރު 10 ގެ ނިޔަލަށް ކުރިއަށްދާނެއެވެ. މިއީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) އާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޓްރެޓެޖިކް ޕްލޭނިންގ އެންޑް ލީގަލް ސަރވިސަސް (އެސްޕީއެލްއެސް) ގުޅިގެން އިންތިޒާމުކުރާ ކޮންފަރެންސެކެވެ.
މި ކޮންފަރެންސްގެ ތެރޭގައި، ސަރަޙައްދީ ފެންވަރުގައި ފުލުހުންގެ ޚިދުމަތަށް ބޭނުންވާ ކަންކަމާއި، އަލަށް ފާޅުވާ ސަލާމަތީ ނުރައްކާތަކާއި، އަދި ދިރާސާތަކުން ދައްކާ ނަތީޖާތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ވަނީ ނިންމާފަ އެވެ. މީގެއިތުރުން، މި މަޝްވަރާތަކުގެ ސަބަބުން ފުލުހުންގެ ޚިދުމަތުގެ 2027 ވަނަ އަހަރުގެ އެކްޝަން ޕްލޭންގެ ބިންގާ ކަމުގައިވާ ޒިންމާތަކާއި ސްޓްރެޓީޖިކް ލަނޑުދަނޑިތައް ކަނޑައެޅުމަށް އެހީތެރިވެގެންދާނެ އެވެ.
މި ކޮންފަރެންސަކީ، މިހާރު ފުލުހުންގެ ޚިދުމަތަށް ބޭނުންވާ ކަންކަން ވަޒަންކުރުމަށާއި، ކުރިއަށް އޮތް އަހަރު ރާއްޖޭގައި ޤާނޫނު ތަންފީޒުކުރުމުގެ ސްޓްރެޓީޖިކް މިސްރާބު ކަނޑައެޅުމަށް ބައިވެރިންނަށް ލިބިގެންދާ މުހިންމު ޕްލެޓްފޯމެއް ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

-01.jpg&w=3840&q=75)
