logo
E-Platinum
ދުނިޔެ

ހަތިޔާރު ބަހައްޓާނީ ފަލަސްތީނުގައި މިނިވަން ދައުލަތެއް ޤާއިމުވި ދުވަހަކުން

އަޙްމަދު ޒަލީފް
3 އޯގަސްޓު 2025 - 12:44
ހަތިޔާރު ބަހައްޓާނީ ފަލަސްތީނުގައި މިނިވަން ދައުލަތެއް ޤާއިމުވި ދުވަހަކުން

ހަތިޔާރު ތިރި ކުރުމަށް އެއްބަސްވެފައިވާ ކަމަށް ބުނާ ރިޕޯޓުތައް ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ މުޖާހިދުންގެ ޖަމާޢަތް، ޙަމާސުން ދޮގުކޮށްފިއެވެ.

ހަތިޔާރު ތިރި ކުރުމަށް އެ ޖަމާޢަތުން އެއްބަސްވެފައިވާ ކަމުގައި ބުނެފައިވަނީ ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްޞަ މަންދޫބު، ސްޓީވް ވިޓްކޮފެވެ. 

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ވަނީ ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލު މުޅިން ނެތިކޮށްލުމަށް ޤަތުލުޢާންމެއް ހިންގަން ފަށާފައެވެ.

އެ ޤަތުލުޢާންމުގެ ތެރެއިން ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 60,000އަށް އުފުލިފައިވާއިރު އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި، ހިނގާބިނގާވެ ނޫޅޭވޭވަރުގެ އުމޫރުންނެވެ.

ޣައްޒާގައި ދިރިއުޅޭ 2.3 މިލިޔަނެއްހާ މީހުން ހައިހޫނުގައި ޖެއްސުމަށް ވެސް ޔަހޫދީން ދަނީ ޖާރީމާތަކެއް ހިންގަމުންނެވެ. ޣައްޒާގައި ކާބޯތަކެތި ބެހުމުގެ ހުރިހާ ބާރެއް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަށް ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފް)ގެ ނަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގުޅިގެން ޔަހޫދީން ވަނީ ޖަމުޢިއްޔާއެއް އުފައްދާފައެވެ.

ވިޓްކޮފް ވަނީ ޖީއެޗްއެފުން ޤާއިމު ކޮށްފައިވާ އެހީ ބަހާ މަރުކަޒެއް ކައިރިއަށް ދާދިފަހުން ޒިޔާރަތް ކުރައްވާފައެވެ. ޙަމާސުން ބުނީ، އޭނާގެ ދަތުރުފުޅުގެ މައިގަނޑު އަމާޒަކީ ޣައްޒާގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ޙަޤީޤީ ހާލަތު ފޮރުވައި، އޮޅުވައިލުން ކަމުގައެެވެ. 

ޖީއެޗްއެފްގެ އެހީ ބަހާ މަރުކަޒުތައް ކައިރީގައި ޔަހޫދީ ފައުޖުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 1,300އަށް އުފުލިފައިވާ ކަން އެކުވެރި ދައުލަތްތައް (އދ)ން ވަނީ ހާމަކޮށްފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަތިޔާރު ބަހައްޓާނީ ފަލަސްތީނުގައި މިނިވަން ދައުލަތެއް ޤާއިމުވި ދުވަހަކުންދުނިޔެ | ދުވަހެއް ކުރިންޣައްޒާއިން ޝަހީދުކުރި މީހުންގެ އަދަދު 60،000 އިން މައްޗަށް ދުނިޔެ | 5 ދުވަސް ކުރިންބަނޑަށްޖެހި، ފަހުނޭވާގައި ވަނިކޮށް އެންމެ ފަހުން އަރަބި ޤައުމުތަކުގެ އެހީ ޣައްޒާއަށް ދުނިޔެ | 7 ދުވަސް ކުރިންޣައްޒާގައި ބަހާނެ އެއްވެސް އެއްޗެއް ނެތް، އެންމެން ބަނޑަށް މަރުވަނީ ދުނިޔެ | 12 ދުވަސް ކުރިން