logo
E-Platinum
ދުނިޔެ

އޮސްޓްރޭލިޔާގައި ފަލަސްތީނަށް ތާއީދުކޮށް އެތައްހާސް ބަޔަކު އެއްވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
3 އޯގަސްޓު 2025 - 13:14
އޮސްޓްރޭލިޔާގައި ފަލަސްތީނަށް ތާއީދުކޮށް އެތައްހާސް ބަޔަކު އެއްވެއްޖެ

އޮސްޓްރޭލިޔާގެ ސިޑްނީގައި ފަލަސްތީނަށް ތާއީދުކުރާ އެތައްހާސް ބަޔަކު އެއްވެ، ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ގޮވާލައި، އާދީއްތަ ދުވަހު ސިޑްނީ ހާބަރ ބްރިޖް މަތިން ހިނގާލުމެއް ބާއްވައިފިއެވެ.

"ޕެލެސްޓައިން އެކްޝަން ގްރޫޕް" އިން އިންތިޒާމްކޮށްގެން ބޭއްވި "މާރޗް ފޮރ ހިއުމެނިޓީ" ގެ ނަމުގައި ބޭއްވުނު މި މުޒާހަރާއަކީ އެ ބްރިޖްގައި އެ ގްރޫޕުން ބޭއްވި ފުރަތަމަ މުޒާހަރާއެވެ. "މިޑްލް އީސްޓް މޮނިޓަރ" އިން ހާމަކޮށްފައިވާ ގޮތުގައި އޮސްޓްރޭލިޔާގައި ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ކޮންމެ އާދީއްތަ ދުވަހަކު ފަލަސްތީނަށް ހައްގު ހޯދައިދިނުމަށް ގޮވާލައި މުޒާހަރާތައް ބާއްވަމުންނެވެ.

މުޒާހަރާގެ އިންތިޒާމުކުރި ފަރާތުން ބުނެފައިވަނީ "ދެ މިލިއަން ޣައްޒާގެ ރައްޔިތުން ގަސްތުގައި ބަނޑަށް ޖެއްސުމަކީ އިސްރާއީލީ ވެރިން ތަކުރާރުކޮށް އިޢުލާންކުރާ، ޣައްޒާގެ މުޅި ފަލަސްތީނުގެ އާބާދީ މަރާލުމަށް ނުވަތަ ނެރެލުމަށް އެކުލަވާލާފައިވާ ފުޅާ ޕްލޭނެއްގެ ބައެއް" ކަމަށެވެ. އަދި މިއީ ނަސްލު ނައްތާލުމުގެ ޢަމަލެއް ކަމަށް އެ ގްރޫޕުން ފާހަގަކޮށްފައިވެއެވެ.

މި މުޒާހަރާގައި ވިކީލީކްސްގެ ބާނީ ޖުލިއަން އަސާންޖް ވެސް ބައިވެރިވެ، ވެހެމުންދިޔަ ވާރޭގެ ތެރޭގައި ފަލަސްތީނަށް ތާއީދުކޮށް ހިނގާލުމުގައި ބައިވެރިވިއެވެ. އަދި މުޒާހަރާގައި ބައިވެރިވި ގިނަ އަދަދެއްގެ މީހުން ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގެ ހަނގުރާމައިގައި ޝަހީދުވެފައިވާ ފަލަސްތީނު ކުދިންގެ ނަންތައް ލިޔެފައިވާ ބެނާތައް ހިފައިގެން މުޒާހަރާގައި ބައިވެރިވެފައެވެ.

އެންއެސްޑަބްލިއު ފުލުހުންގެ ފަރާތުން ބުނެފައިވަނީ އާންމު ސަލާމަތީ ކަންކަމަށްޓަކައި، އެންމެން ރައްކާތެރިކަމާއެކު ބްރިޖުން ފައިބައި، މުޒާހަރާކުރާ މީހުންނާއެކު މަސައްކަތްކުރާނެ ކަމަށެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޮސްޓްރޭލިޔާގައި ފަލަސްތީނަށް ތާއީދުކޮށް އެތައްހާސް ބަޔަކު އެއްވެއްޖެދުނިޔެ | ދުވަހެއް ކުރިންޣައްޒާގެ ހާލަތު ނިމުމަކަށް ގެނައުމަށް އިތުރު ފިޔަވަޅުތައް އަޅަން ދިވެހިރާއްޖެއިން ގޮވާލައިފިޚަބަރު | 5 ދުވަސް ކުރިންދިއްކޮށްލާނެ އެހީގެ އަތެއް ނެތް، ޣައްޒާ އެދި ގޮވަނީ އަވަހަށް ޤިޔާމަތްވުމަށް World | 2 މަސް ކުރިންފަލަސްތީނަށް އައިއެލްއޯގެ އޮބްޒާވަރުކަން: ރާއްޖެއިން ވެސް ތާއީދުކޮށް ވޯޓުދިންޚަބަރު | 2 މަސް ކުރިން