logoEN

ދިއްކޮށްލާނެ އެހީގެ އަތެއް ނެތް، ޣައްޒާ އެދި ގޮވަނީ އަވަހަށް ޤިޔާމަތްވުމަށް

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

13 ޖޫން 2025 - 11:00

ޣައްޒާގެ އެކި ހިސާބުތަކަށް އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ވައިގެ ހަމަލާތަކެއްގައި، ކުޑަކުދިންނާއި އަންހެނުން ހިމެނޭ ގޮތަށް، މަދުވެގެން 52 މީހުން ޝަހީދުވެއްޖެއެވެ.

"އެއްވެސް އިންޒާރެއް ނެތި އަޅުގަނޑުމެންގެ އަވަށަށް ބޮންތައް އަޅައިގަތީ. މުޅި ތަން ހީވީ ގިޔާމަތް އައިހެން،" މިއަދުގެ ޙަމަލާ ތަޖުރިބާ ކުރި މީހަކު ކިޔައިދިނެވެ.

އަލްޖަޒީރާގެ ރިޕޯޓަރުން ބުނާ ގޮތުގައި، މި ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ޣައްޒާގެ ދެކުނާއި މެދުތެރޭގެ ހިސާބުތަކުގައިވާ އާންމުން ދިރިއުޅޭ އިމާރާތްތަކަށާއި ރެފިއުޖީ ކޭމްޕުތަކަށެވެ. ހަމަލާތަކުގެ ސަބަބުން ގިނަ އިމާރާތްތައް ވަނީ ބިމާ ހަމަވެފައެވެ. އަދި ޝަހީދުވި މީހުންގެ އިތުރުން އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ.

ސިއްހީ އޮފިޝަލުން ބުނާ ގޮތުގައި، ހޮސްޕިޓަލްތައް ވަނީ ޒަޚަވިމީހުންނާއި ޝަހީދުވި މީހުން ގެންދިއުމުގެ ސަބަބުން ފުރި، އިތުރު ބަލިމީހުންނަށް ފަރުވާ ދިނުމަށް ވަރަށް ބޮޑަށް ދަތިވެފައެވެ. ސަލާމަތީ ހިދުމަތްތެރިން ދަނީ ބޮން އެޅި އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ތިން މަހެއްހާ ދުވަހު ޣައްޒާއަށް އެއްވެސް މިންވަރަކަށް އެހީގެ ސާމާނު ނުވެއްދި އޮތުމަށްފަހު، މީގެ ތިން ހަފްތާއެއްހާ ދުވަސް ކުރިން ޔަހޫދީން ވަނީ ޣައްޒާއަށް މަދު މިންވަރެއްގެ ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމުގެ ފުރުޞަތު ދީފައެވެ. އެ ފުރުޞަތު ދީފައި ވަނީ އެތައް ހާސް ބަޔަކު ފާޅުގައި ބަނޑަށް ޖައްސަމުންދާތީ ބައިނަލްްއަޤްވާމީ ދުނިޔެއިން ޔަހޫދީންނަށް ފިއްތުންތައް ކުރުމަތި ކުރަން ފެށުމުންނެވެ.

ނަމަވެސް ފާއިތުވީ މުއްދަތުގައި އެދެވޭ މިންވަރަށް ޣައްޒާއަށް ކާބޯތަކެތި އެތެރެކުރެވިފައި ނުވާ ކަމަށް އދން ބުނެއެވެ. ވެއްދޭ މަދު ޢަދަދެއްގެ ސާމާނު ވެސް ލޫޓުވާ މީހުންގެ ޝިކާރައަކަށް ވަމުންދާ ކަމަށާއި ގޮތް ހުސްވެ ބަނޑަށް ޖެހިފައިވާ ފަލަސްޠީނުގެ ރައްޔިތުން ވެސް އެ ތަކެތި ނިޒާމުން ބޭރުން ނަގަމުންދާ ކަމަށް އެ އިދާރާއިން ބުނެއެވެ.ޣައްޒާގައި ޙަރަކާތްތެރިވާ އެހީދޭ ޖަމްޢިއްޔާތަކުން މަޢުލޫމާތު ދޭ ގޮތުގައި، ޣައްޒާގެ ކޮންމެ ޢާއިލާއަކަށް ގޮދަން ފުށް ކޮތަޅެއް ފޯރު ކޮށްދިނުމަށް 8،000އާއި 10،000 މެޓްރިކް ޓަނުގެ ގޮދަންފުށް ޣައްޒާއަށް އެތެރެ ކުރަން ޖެހެއެވެ.

ޣައްޒާގެ ރައްޔިތުން ތަޙައްމަލް ކުރަމުންދާ ގޮތް ހުސްވެފައިވާ ކަމުގެ އިޙްސާސަށް ކިރިޔާ ވެސް ލުޔެއް ލިބި، ތަކެތީގެ އަގުތައް އެތަައް ގުނައަކުން އުފުލިފައިވާ ބާޒާރުތަކަށް ލުޔެއް ލިބޭނީ ވެސް އޭރުން ކަމަށް ހައްޤު ވިދާޅުވިއެވެ.މިދިޔަ މެއި މަހުގެ މެދުތެރޭގައި، އެގާރަ ހަފްތާއަށް ފަހު ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން ހުއްދަ ދިނުމުން އދން މައިގަނޑު ގޮތެއްގައި އެ ސަހަރަށް އެތެރެ ކޮށްފައި ވަނީ ފުށާއި މަދު ޢަދަދެއްގެ ޞިއްޙީ ސާމާނެވެ. ކަމާބެހޭ ތަޖުރިބާކާރުން ވަނީ ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެހެމުންދާ ކަން ފާހަގަ ކޮށް، ހަށިގަނޑަށް ބޭނުންވާ ބައިތައް ނުލިބުމުގެ ސަބަބުން މެލްނިއުޓްރިޝަން ޙާލަތު ކުރިމަތިވަމުންދާ ކުޑަކުދިންގެ ޢަދަދު ޣައްޒާގައި ތިން ގުނައަށް އިތުރުވެފައިވާ ކަމަށް ބުނެފައެވެ.

ކޮމެންޓް

871x217_placeholder