logo
Bank of Maldives

Bank of Maldives

ޚަބަރު

ފަލަސްތީނަށް އައިއެލްއޯގެ އޮބްޒާވަރުކަން: ރާއްޖެއިން ވެސް ތާއީދުކޮށް ވޯޓުދިން

މުހައްމަދު މޫސާމުހައްމަދު މޫސާ
6 ޖޫން 2025 - 16:45
ފަލަސްތީނަށް އައިއެލްއޯގެ އޮބްޒާވަރުކަން: ރާއްޖެއިން ވެސް ތާއީދުކޮށް ވޯޓުދިން

އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައިއެލްއޯ) ގެ އޮބްޒާވަރ ޤައުމެއްގެ ގޮތުގައި ފަލަސްޠީން ބަލައިގެންފިއެވެ.

މިއަދު މިކަމަށް ބޭއްވި ވޯޓުގައި ދިވެހިރާއްޖެއިން ވެސް ފަލަސްތީނަށް ތާއީދުކޮށް ވޯޓުދީފައިވާއިރު، މި ވޯޓު ކުރިއަށް ދިޔައީ 113 ވަނަ ބައިނަލްއަޤްވާމީ ލޭބަރ ކޮންފަރެންސްގެ ތެރެއިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަލަސްޠީނަށް އައިއެލްއޯގެ އޮބްޒާވަރުކަން ދިނުމަށް ތާއީދުކޮށް 386 ވޯޓު ލިބުނު އިރު، އެކަމާ ދެކޮޅަށް ލިބިފައިވަނީ އެންމެ 15 ވޯޓެވެ.

މިއީ ފަލަސްޠީނަށް ވަރަށް މުހިންމު ކާމިޔާބީއެކެވެ. ސަބަބަކީ މިއީ ބައިނަލްއަޤްވާމީ ލޭބަރ ކޮމިއުނިޓީން ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތައް ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވާތީއެވެ.

ދިވެހިރާއްޖެއިން މި ވޯޓުގައި ބައިވެރިވެ، ފަލަސްޠީނަށް ތާއީދުކޮށް ވޯޓުދިން ކަމަށް ރާއްޖޭގެ ފަރާތުން ބައިވެރިވި ވަފުދުން ވަނީ ހާމަކޮށްފައެވެ. އަދި މިއީ ވަރަށް އުފާވެރި ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

113 ވަނަ ބައިނަލްއަޤްވާމީ ލޭބަރ ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން އެންމެ އިސްކޮށް ބައިވެރިވެވަޑައިގަންނަވަނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަހުމަދެވެ. ވަޒީރު ވަނީ މި ކޮންފަރެންސްގެ ތެރެއިން ފަލަސްޠީނުގެ ވަފުދުގެ ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ. އަދި ރާއްޖެއިން އަބަދުވެސް މަސައްކަތްކުރަނީ ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންގެ ހައްޤުގައިކަމަށް ވަނީ ވިދާޅުވެފައެވެ.

މި ވޯޓުގެ ނަތީޖާއަކީ ފަލަސްޠީނުގެ މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކަށް ބައިނަލްއަޤްވާމީ ފެންވަރުގައި އިތުރު ބާރެއް ލިބިގެންދާނެ ކަމެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަލަސްތީނުގެ މައެއްގެ ދެ ދަރިން ޝަހީދުކޮށްލުމުން ކުރި އަސަރުގަދަ ވަދާއީ ސަލާމް، '' އޭ ދުނިޔެއާ، އެ ކުދިން ކުރީ ކޮން ކުށެއް؟''ދުނިޔެ | 16 ދުވަސް ކުރިންފީފާ ކޮންފަރެންސްގައި ބައިވެރިވާ ފަލަސްޠީނުގެ ޑެލިގޭޓުންނަށް ވިސާދޭން ޑެންމާކުން ދެކޮޅުހަދައިފިކުޅިވަރު | 22 ދުވަސް ކުރިންއޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލުން ހުޅަނގު އައްސޭރިން 1،700 ފަލަސްތީނު ކުދިން ހައްޔަރުކޮށްފައިވޭ: ރިޕޯޓްދުނިޔެ | 24 ދުވަސް ކުރިންފަލަސްތީނުގެ މީހުންނަށް މަރުގެ އަދަބު ދޭން ބިލެއް ފާސްކޮށް، އިސްރާއީލުގެ ހަރުކަށި މިނިސްޓަރު ރާފުޅި ހިފައިގެން ނަށައިފިދުނިޔެ | މަހެއް ކުރިން