logo
Bank of Maldives

Bank of Maldives

ޚަބަރު

ކައުންސިލްތަކުގެ މާލީ ޚަރަދުތައް ބެލެހެއްޓުން ހަރުދަނާކުރުމަށް ޤާނޫނަށް މުހިންމު އިސްލާޙުތަކެއް

ނުހާ އަޙްމަދު
4 އޯގަސްޓު 2025 - 05:28
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް

ކައުންސިލްތަކުގެ މާލީ ހަރަދުތައް ބެލެހެއްޓުން ހަރުދަނާކުރުމަށް ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމަށް ބިލެެއް މަޖިލީހަށް ހުށަހަޅައިފި އެވެ.

މި ބިލު މަޖިލީހަށް ހުޝަހަޅާފައިވަނީ، ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސެއިން އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބިލުގައި ބުނެފައި ވާގޮތުން، ލޯކަލް ކައުންސިލްތަކުން އުފައްދަ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރި ހަނި ކުރެވޭ ގޮތަށްވަނީ ހުށަހަޅައިފަ އެވެ.

އެގޮތުން އަމިއްލަ ފަރާތަކުން އެ ރަށެެއްގައި ކުރާ ވިޔަފާރި މަސައްކަތެެެއް ލޯކަލް އޮތޯރިޓީއަށް ނުކުރެވޭނެ އެވެ. އެގޮތުން އެފަދަ މަސައްކަތެއްގެ އިންވެސްޓްމަންޓް 10.މިލިއަން ރުފިޔާއަށް ވުރެ ބޮޑުވާން ޖެހޭނެ ކަމަށް ބިލުގައިވަނީ ބަޔާން ކޮށްފައެވެ.

މީގެ އިތުރުން ބިލުގައި ވަނީ، ކައުންސިލުތަކުގެ ދައުރުގެ ފަހު އަހަރު ފިނޭންސް މިިނިސްޓްރީއާއި ލޯކަލް ގަވާމަންޓް އޮތޯރިޓީ(އެލްޖީއޭ)އިން ކަނޑައަޅާ އުސޫލާއެއްގޮތް ނޫން ގޮތަކަށް މާލީ ބައެއް ކަންކަން ނުކުރެވޭނެ ކަމަށެވެ.

އެގޮތުން ކައުންސިލްގެ އިގްތިސޯދުތަކުގައި ހުންނަ ފަޅު ފަޅާއި، ބިން ތަކުގެ އިތުރުން ފަރުތައް ކުއްޔަށް ނުދެވޭނެ އެވެ. އަދި ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލްގެ އޮފީހަކަށް ދާއިމީ މުވައްޒަފުން ނެގުން ނުވަތަ ކޮންޓްރެކްޓަށް ވެސް މުވައްޒަފުން ނުނެގޭނެ އެވެ.

މީގެ އިތުރުން، ކައުންސިލްތަކުން އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންގައި ކަނޑައެޅިފައި ނުވާ ތަރައްގީގެ އާ މަޝްރޫއުތައް ވެސް ނުފެށޭނެ ކަމަށް ބިލުގައި ވަނީ ބަޔާން ކޮށްފައެވެ.

މިހާރު ހިނގަމުން ދަނީ ލޯކަލް ކައުންސިލްތަކުގެ ދައުރުގެ ފަހު އަހަރެވެ. އަންނަ އަހަރު އޭޕްރީލްގައި ކައުންސިލްތަކުގެ އިންތިހާބު އޮންނާނެ އެވެ

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޯއްޗާއި ފުލެޓު ދިނުން ލަސްވާތީ ހުށަހެޅި ގަރާރު ބަލައެއް ނުގަތްޚަބަރު | 10 ގަޑިއިރު ކުރިންކޮލެޖު ހިންގާތާ 15 އަހަރުވުމުން ޔުނިވާސިޓީއެއްގެ ދަރަޖަ ލިބޭ ގޮތް ހަދަނީޚަބަރު | 11 ގަޑިއިރު ކުރިންއެސްއީޒެޑް ބިލު މަޖިލީހުން ފާސްކޮށްފިޚަބަރު | 13 ގަޑިއިރު ކުރިންއެސްއީޒެޑް ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިޚަބަރު | 2 ދުވަސް ކުރިން