logo
Bank of Maldives

Bank of Maldives

ޚަބަރު

ކޮލެޖު ހިންގާތާ 15 އަހަރުވުމުން ޔުނިވާސިޓީއެއްގެ ދަރަޖަ ލިބޭ ގޮތް ހަދަނީ

އައިޝަތު ނަޝާ
5 ނޮވެމްބަރު 2025 - 11:20
ކޮލެޖު ހިންގާތާ 15 އަހަރުވުމުން ޔުނިވާސިޓީއެއްގެ ދަރަޖަ ލިބޭ ގޮތް ހަދަނީ

ކޮލެޖެއް ހިންގާތާ 15 އަހަރުވެފައިވާނަމަ އެ ކޮލެޖަކަށް ޔުނިވަސިޓީއެއްގެ ދަރަޖަ ލިބޭނެހެން މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް މިއަދު އިސްލާހެއް ގެނެސްފިއެވެ.

މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި އެ އިސްލާހު މަޖިލީހުން މިއަދު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެންބަރުންގެ އިއްތިފާގުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އިސްލާހުގެ މަގުސަދަކީ ދިވެހިރާއްޖޭގައި މަތީ ތައުލީމުގެ ދޮރު މިހާރަށްވުރެ ބޮޑަށް ހުޅުވާލައި، ވަސީލަތްތަކާއި ޤާބިލުކަން ހުރި ފަރާތްތަކަށް ރާއްޖޭގައި ޔުނިވަސިޓީ ތައުލީމު ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. އެގޮތުން ކޮލެޖެއް، ޔުނިވަސިޓީއަކަށް ބަދަލުކުރަން އެދޭއިރު އެ ކޮލެޖަކީ ހިންގާތާ 15 އަހަރުވެފައިވާ ކޮލެޖަކަށް ވާންޖެހޭނެއެވެ.

ހަމައެއާއެކު އެ ކޮލެޖެއް ޔުނިވަސިޓީއަކަށް ބަދަލުކުރުމަށް އެދޭއިރު ހުންނަންޖެހޭނެ ޝަރުތުތަކުގެ ތެރޭގައި މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކް ލެވެލް ހަތެއް އަދި ލެވެލް ނުވައަކުން މަދުވެގެން ތިން ދާއިރާއަކުން ޕްރޮގްރާމްތައް ހިންގަންޖެހޭނެއެވެ. އެ ދާއިރާތަކަކީ ،އާޓް އެންޑް ހިއުމަނިޓީޒް، އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ، ލައިފް ސައިންސް އެންޑް މެޑިސިން އަދި ނެޗުރަލް ސައިންސަސް ގެ އިތުރުން ސޯޝަލް ސައިންސް އެވެ.

އަދި އެ ކޮލެޖަކީ މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކްގެ ލެވެލް ހަތަކުން ފެށިގެން މަތީގެ ކޯސްތަކުގައި މަދުވެގެން 1،000 ދަރިވަރުން ކިޔަވަމުންދާ ކޮލެޖަކަށް ވާންޖެހޭނެއެވެ. ހަމައެއާއެކު ބައިނަލްއަގްވާމީ ޔުނިވަސިޓީ ރޭޓިންއެއް ނުވަތަ ރޭންކެއްގައި ބައިވެރިވެ، ރޭޓުކުރެވިފައިވާ ކޮލެޖަކަށް ވެސް ވާންޖެހޭނެއެވެ. ނުވަތަ އެފަދަ ގިންތިއެއްގެ ޔުނިވަސިޓީއެއްގެ ޕްރޮގްރާމްތައް ހިންގާތާ މަދުވެގެން ފަސް އަހަރުވެފައިވާ ކޮލެޖަކަށް ވާންޖެހޭނެއެވެ.

ހަމައެއާއެކު ކޮލެޖުގެ އެކަޑަމިކް ފެންވަރު ކަށަވަރުކުރުމުގެ ގޮތުން އެކަޑަމިކް ޕްރޮގްރާމުތަކުގައި ކިޔަވައިދޭ މުވައްޒަފުންގެ މަދުވެގެން 10 އިންސައްތައަކީ ޕީއެޗްޑީ ހާސިލުކޮށްފައިވާ ފަރާތްތަކަށް ވާންޖެހޭނެކަމަށް ވެސް މި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޯއްޗާއި ފުލެޓު ދިނުން ލަސްވާތީ ހުށަހެޅި ގަރާރު ބަލައެއް ނުގަތްޚަބަރު | 4 ގަޑިއިރު ކުރިންކޮލެޖު ހިންގާތާ 15 އަހަރުވުމުން ޔުނިވާސިޓީއެއްގެ ދަރަޖަ ލިބޭ ގޮތް ހަދަނީޚަބަރު | 4 ގަޑިއިރު ކުރިންއެސްއީޒެޑް ބިލު މަޖިލީހުން ފާސްކޮށްފިޚަބަރު | 7 ގަޑިއިރު ކުރިންއެސްއީޒެޑް ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިޚަބަރު | ދުވަހެއް ކުރިން