logo
Bank of Maldives

Bank of Maldives

ޚަބަރު

އެސްއީޒެޑް ބިލު މަޖިލީހުން ފާސްކޮށްފި

ޢައްފާން މުޙައްމަދު
5 ނޮވެމްބަރު 2025 - 08:46
އެސްއީޒެޑް ބިލު މަޖިލީހުން ފާސްކޮށްފި

އިންވެސްޓަރުން ޝައުޤުވެރިކުރުވަން ބޮޑެތި ލުއިތަކަކާއެކު އިޤުތިޞާދީ މަސައްކަތްތައް ކުރުމަށް ވަކި ސަރަޙައްދެއް ދޫކުރާ ގޮތަށް ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބިލު މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް، މުޅި މަޖިލީހުގެ ކޮމިޓީން އިއްޔެ ވަނީ ފާސްކޮށްފައެވެ.

މަޖިލީހުން މި ބިލު މިއަދުގެ ޖަލްސާގައި ފާސްކޮށްފައި ވަނީ 46 މެންބަރުންގެ އަޢުލަބިއްޔަތުންނެވެ.

ކޮމިޓީގައި މި ބިލަށް އެއް އިސްލާހު ހުށަހަޅާފައިވެއެވެ. މި އިސްލާހު ހުށައެޅުއްވީ، ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާއެވެ. އިސްލާހަށް ތާޢީދުކުރެއްވީ، ވިލިމާލޭ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢިލްއެވެ. އެ އިސްލާހަކީ، ބިލުގެ 4 ވަނަ މާއްދާގެ 22 ވަނަ މާއްދާގެ ހ. ގައި ބިލުގައި އޮތް ގޮތް ބަދަލު ކުރުމަށެވެ. އެ އިސްލާހަކީ، ޒޯނެއްގައި ހިމެނޭ ޓޫރިސްޓް ރިޒޯޓެއްގެ ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓެއްގެ ވިލާއެއް ނުވަތަ ކޮޓަރިއެއް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށް ދިނުމުގެ މުޢާމަލާތަކާ ގުޅިގެން އެ ވިލާއެއް ނުވަތަ ކޮޓަރިއަކާ ގުޅޭ ޙައްޤުތައް ވިއްކާލާ ޖުމްލަ އަގުގެ 4 އިންސައްތައިގެ ރޭޓުން ޕްރޮޕަރޓީ ޓްރާންސްފަރ ޓެކުހެއްގެ ގޮތުގައި ދައުލަތަށް ޓެކުހެއް ނެގޭނެ ގޮތަށް ބަދަލު ކުރުމަށެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނަކީ، ދިވެހިރާއްޖޭގައި މިނިވަން ވިޔަފާރި ‏‏ސަރަޙައްދުތައް ކަނޑައެޅުމާއި، އުފެއްދުމާއި، ހިންގުމާއި، އެ ޒޯނުތަކުގައި އިންވެސްޓްކުރުމާއި، އެ ‏‏ޒޯނުތައް ތަރައްޤީކުރާ ޑިވެލޮޕަރުންނާއި އެ ޒޯނުތަކުގައި އިންވެސްޓްކުރާ އިންވެސްޓަރުންނަށް ދެވޭ ‏‏ޢިނާޔަތްތަކާއި، ކަމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ. ‏

ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ‏‏ބިލު ރައްޔިތުންގެ މަޖިލީހުން ޖަލްސާއިން ފާސްކޮށްފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 27 ވަނަ ދުވަހުއެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވީ، މިމަހުގެ 20 ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ. މިއީ، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު 2014 ވަނަ އަހަރު އުފެދުނު ފަހުން، މި ޤާނޫނަށް ހުށައަޅާފައިވާ ފުރަތަމަ އިސްލާހެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޯއްޗާއި ފުލެޓު ދިނުން ލަސްވާތީ ހުށަހެޅި ގަރާރު ބަލައެއް ނުގަތްޚަބަރު | ގަޑިއިރެއް ކުރިންކޮލެޖު ހިންގާތާ 15 އަހަރުވުމުން ޔުނިވާސިޓީއެއްގެ ދަރަޖަ ލިބޭ ގޮތް ހަދަނީޚަބަރު | 2 ގަޑިއިރު ކުރިންއެސްއީޒެޑް ބިލު މަޖިލީހުން ފާސްކޮށްފިޚަބަރު | 4 ގަޑިއިރު ކުރިންއެސްއީޒެޑް ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިޚަބަރު | ދުވަހެއް ކުރިން