logo
Bank of Maldives

Bank of Maldives

ޚަބަރު

ގޯއްޗާއި ފުލެޓު ދިނުން ލަސްވާތީ ހުށަހެޅި ގަރާރު ބަލައެއް ނުގަތް

އައިޝަތު ނަޝާ
5 ނޮވެމްބަރު 2025 - 11:45
ގޯއްޗާއި ފުލެޓު ދިނުން ލަސްވާތީ ހުށަހެޅި ގަރާރު ބަލައެއް ނުގަތް

ކުރީ ސަރުކާރުގެ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފުލެޓުތަކާއި ގޯތިތައް ދޫކުރުން ލަސްވާތީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މިއަދު މަޖިލީހުގެ ތަޅުމުން ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

އެމްޑީޕީގެ ފަރާތުން ކެންދޫ ދާއިރާގެ މެންބަރު، މައުރޫފް ޒާކިރު ހުށަހެޅުއްވި އެ ގަރާރު ބަލައިގަތުމަށް ނެގި ވޯޓުގައި ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 11 މެންބަރުންނެވެ. ގަރާރު ބޭރުކޮށްލަން 40 މެންބަރަކު ވޯޓު ދެއްވިއެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މައުރޫފް ހުށަހެޅުއްވި ގަރާރުގައި މައިގަނޑުގޮތެއްގައި ހިމަނާފައިވާ ކަންބޮޑުވުންތަކުގެ ތެރޭގައި ،4000 ފުލެޓުގެ ހައްގުވެރިންނަށް ފުލެޓު ހަވާލުކުރުމުގައި ސަރުކާރުން އިހުމާލުވެފައިވުމާއި، ގުޅީފަޅު، ހުޅުމާލެ ފޭސް ތިނެއް އަދި ގިރާވަރުފަޅު ހަވާލުނުކޮށް ލަސްކުރަމުންދާ ދިޔުން އަދި އުތުރުތިލަފަޅުން ގޯއްޗާއި ހުޅުމާލެއިން ފުލެޓަށް އެދި ހުށަހަޅާފައިވާ ފޯމު އިވެލުއޭޓްނުކޮށް ލަސްކުރަމުންދާ ދިޔުން ހިމެނެއެވެ.

މި ޤަރާރަށް ބަހުސް ކުރައްވާ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އިބްރާހިމް ފަލާހް ވަނީ،ގެދޮރުވެރިޔާ އަދި ބިންވެރިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ފުލެޓުތަކާއި ބިންތަށް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވައުދުވެވަޑައި ގެންނެވި ގޮތަށް ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމަށް އިއްޔެގެ މަޖިލީހުގެ ޖަލްސާގައި ވިދާޅުވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޯއްޗާއި ފުލެޓު ދިނުން ލަސްވާތީ ހުށަހެޅި ގަރާރު ބަލައެއް ނުގަތްޚަބަރު | 4 ގަޑިއިރު ކުރިންކޮލެޖު ހިންގާތާ 15 އަހަރުވުމުން ޔުނިވާސިޓީއެއްގެ ދަރަޖަ ލިބޭ ގޮތް ހަދަނީޚަބަރު | 4 ގަޑިއިރު ކުރިންއެސްއީޒެޑް ބިލު މަޖިލީހުން ފާސްކޮށްފިޚަބަރު | 7 ގަޑިއިރު ކުރިންއެސްއީޒެޑް ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިޚަބަރު | ދުވަހެއް ކުރިން