logo
E-Platinum
ޚަބަރު

އަލްމަރްޙޫމް ޙަސަން ޞާބިރުގެ ހަނދާނުގައި މަޖިލީހުގައި ސުކޫތެއް

އަޙްމަދު ޒަލީފް
4 އޯގަސްޓު 2025 - 06:04
އަލްމަރްޙޫމް ޙަސަން ޞާބިރު
އަލްމަރްޙޫމް ޙަސަން ޞާބިރު

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެވެރިޔާ ޙަސަން ޞާބިރުގެ ހަނދާނުގައި ރައްޔިތުންގެ މަޖިލީހުގައި ހަމަހިމޭންކަމުގެ ސްކޫތެއް ގެނެސްފިއެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރު އަވަހާރަވީ ގިނަ ދުވަސްތަކެއްވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު، މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.

ޙަސަން ޞާބިރު ވަނީ ދައުލަތަށް 38 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައެވެ. އެ މުއްދަތުގެ ތެރޭގައި، 15 ވަނަ ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު އުތުރުބުރީގެ މެންބަރުކަމާއި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ އަރިއަތޮޅުގެ މެންބަރުކަން ޙަސަން ޞާބިރު ކުރައްވާފައިވެއެވެ.

ޙަސަން ޞާބިރަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން އަރުވާފައިވަނީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ. އެމަނިކުފާނަށް މި ޝަރަފު އަރުވާފައިވަނީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ރޭވުމުގައާއި ރާއްޖޭގެ އިޤްތިޞާދީ ދާއިރާ ޚާއްސަކޮށް މަސްވެރިކަމުގެ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީރުކަމުގެ ދާއިރާގެ މަޤާމުގައި ހުންނަވައިގެން އެ ދާއިރާތަކުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި ޤައުމީ މުހިއްމު މަސައްކަތްތަކެއް ކުރައްވާފައިވާތީއާއި ޚާރިޖީ ދާއިރާއިން ކުރައްވާފައިވާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްލާހްގެ ބިލުން ކައުންސިލްތަކަށް ބާރުލިބި އަލަށް ހޮވޭ ކައުންސިލްތަކަށް ފަހިވާނެ: ފަލާހްޚަބަރު | 4 ގަޑިއިރު ކުރިންއެމްޑީޕީން ކުރިކަމަކީ ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވާލުން: ޝުޖާޢުޚަބަރު | 6 ގަޑިއިރު ކުރިންއުއްތަމަފަނޑިޔާރުކަމަށް ޣަނީ އައްޔަންކުރަން ކޮމިޓީން ފާސްކޮށްފިޚަބަރު | 7 ގަޑިއިރު ކުރިންއަލްމަރްޙޫމް ޙަސަން ޞާބިރުގެ ހަނދާނުގައި މަޖިލީހުގައި ސުކޫތެއް ޚަބަރު | 13 ގަޑިއިރު ކުރިން