އިސްލާހްގެ ބިލުން ކައުންސިލްތަކަށް ބާރުލިބި އަލަށް ހޮވޭ ކައުންސިލްތަކަށް ފަހިވާނެ: ފަލާހް

4 އޯގަސްޓު 2025 - 15:34

މަޖިލީހަށް ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލުން ކައުންސިލްތަކުގެ ބާރު ނުކެނޑޭނެކަމަށާއި، މި ބިލުގެ ސަބަބުން އަަލަށް ހޮވޭ ކައުންސިލްތަކުގެ މަސައްކަތްތަކަށް ފަހިވެގެންދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން މަޖިލީހަށް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ވާހަކަ ދައްކަަވަމުން ފަލާހް ވިދާޅުވީ، މި ބިލުގައި މައިގަނޑުގޮތެއްގައި ބުނެފައި ވަނީ ކައުންސިލްތަކުގެ ފަސް އަހަރުގެ ދައުރު ހަމަވުމަށް އެއް އަހަރަށް ވުމުން ބޮޑެތި ކަންތައްތަކެއް ނިންމުން އެއީ ރަނގަޅުކަމެއްނޫންކަމަށެވެ.
މިގޮތުން މިސާލަކަށް 5 އަހަރުގެ ދައުރެއްގެ ކައުންސިލަކުން 4 އަހަރު ދުވަހު މަސައްކަތްކޮށްފައި، އެ ދައުރު ހަމަވުމަށް އެއް އަހަރު ދުވަހަށްކައިރިވުމުން އެ އެއްއަހަރު ދުވަސް ތެރޭގައި ކައުންސިލްގެ ބޮޑެތި ކަންތައްތައް ނިންމުން އެއީ ރަނގަޅު ކަމެއްނޫންކަމަށް ފަލާހް ވިދާޅުވިއެވެ.
ފަލާހްގެ ވާހަކާގައި ވިދާޅުވީ، ސަރުކާރުން މި އިސްލާޙް ހުށަހަޅާފައި ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ޕީއެންސީ އަށް ކާމިޔާބުވާނެތޯ ނޫންތޯ ވިސްނައިގެން ނޫންކަމަށެވެ.
''އަޅުގަނޑުމެން މި އިޞްލާޙް މި ހުށަހެޅީކީ އެއްގޮތަކަށް ވެސް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ޕީއެންސީއަށް ކާމިޔާބު ވާނެތޯ ނުވާނެތޯ؟ މިއްޔެއްނޫން، އަޅުގަނޑުމެންގެ މިހާރުގެ ސަރުކާރުން ގާނޫނު ތަކަށް އިޞްލާޙް ގެންނައުމާއި، އަލަށް ގާނޫނުތައް މި މަޖިލީހަށް ހުށަހަޅަނީ އިންތިޚާބުތަކާއި ގުޅު ވައިގެންނެއް ނޫން، އެކަން ވަރަށް ބޮޑަށް ސާފުވާނެ މި މަޖިލީހުގައި މަސައްކަތްކުރައްވާ އިއްޒަތްތެރި މެންބަރުންނަށް'' ފަލާހް ވިދާޅުވިއެވެ.
މިގޮތުން މިއަދުވެސް މަޖިލީހުގައި ފުރަތަމަ ބަލައިގަނެ ބަހުސް ހިންގީ އެމްޑީޕީގެ މެމްބަރެއް ހުށަހަޅާފައިވާ ބިލަކަށްކަން ފާހަގަކުރަށްވައި ފަލާހް ވިދާޅުވީ، ޕީއެންސީއާއި މި ސަރުކާރަކީ ރައްޔިތުންގެ ލާބަޔަށް މަސައްކަތްކުރާ ބަޔެއްކަމަށެވެ.
އެހެންނަމަވެސް، އަޅުގަނޑުމެން މި އިޞްލާޙް މި ހުށަހެޅީކީ އެއްގޮތަކަށް ވެސް ކުރިއަށް އޮތް ލޯކަލް ކައުންސިލާއި ގުޅިގެންނޫންކަމަށް ފަލާހް ވިދާޅުވިއެވެ.
'' ބިންތަކާއި ކޮންޓްރެކްޓް އުސޫލުން ނަގާ ވަޒީފާތަކާއި މި ކަންކަން އެ ކައުންސިލަރުން ދެން އޮންނަ އިންތިޚާބެއް ކާމިޔާބު ކުރުމުގެ މަގްސަދުގައި ހަމަ ދިވެހި ދައުލަތަށް، ރައްޔިތުންނަށް ގެއްލުންވާ ކަމެއް މިއީ، އެ ނިޔަތުގައި އެ ކަންކަން ނުކުރާށޭ، އެ ކަންކަން އެހެން ކުރަމުންދާތީ މިފަދަ އިޞްލާޙް މި ގެނައ.ީ އެހެންވީމާ، ޙަޤީޤަތުގައި އެމ.ްޑ.ީޕީ ބޭފުޅުން ވެސް ޖެހޭނީ މިއަދު މި އިޞްލާޙަށް ތާއީދުކޮށް ވާހަކަދައްކަން، މިއީ އަޅުގަނޑުމެން ޕ.ީއެނ.ްސީ، އެމ.ްޑ.ީޕީން ވަތަ މިގޮތަށް ޕާޓީތަކަށް ނިސްބަތްކޮށް ނުވަތަ އިންތިޚާބުތަކަށް މީގެން އަޅުގަނޑުމެންގެ އަސަރުކު ރާކަށް ނުކު ރާކަށް ގެންނަ އިޞްލާޙެއް ނޫން'' ފަލާހް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މި އިސްލާހްގެ ސަބަބުން ކައުންސިލްތަކުގެ ބާރު ނުކެނޑޭނެކަމަށެވެ. މި އިސްލާހްތަކުން ބާރު އިތުރުވެގެންދާނެކަމަށް ފަލާހް ވިދާޅުވިއެވެ. އަދި މި ބިލުގެ ސަބަބުން އަަލަށް ހޮވޭ ކައުންސިލްތަކުގެ މަސައްކަތްތަކަށް ފަހިވެގެންދާނެކަމަށްފަލާހް ވިދާޅުވިއެވެ.