މޫސުން ގޯސްވެ، ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
4 އޯގަސްޓު 2025 - 06:09

މުޅިރާއްޖެ މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ބޮޑު ސަރަހައްދަކަށް ހުދު ސަމާލު މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރެފިއެވެ.
ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ މެޓުން ވަނީ ލަފާކޮށްފައެވެ.

Ad by Hajj Corporation
މެޓުން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ރަށްތަކަށް މިއަދު ހެނދުން 9:45 އިން ފެށިގެން މެންދުރު 13:45 އާއި ހަމައަށެވެ. މެޓުން ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ހުދު ސަމާލު ނެރެފައިވަނީ، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށެއެވެ.
މެޓުން ލަފާކޮށްފައިވަނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، އަދި ބައެއްރަށްތަކަށް ގުގުރުން އެކަށީވާނެ ކަމަށެވެ. މެޓުން ބުނީ ހުޅަނގާއި ހުޅަނއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމުނުގައި ވައިޖެހޭނެ ކަމަށެވެ. ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެން ވާކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.
ވައިގަދަވެ، ކަނޑު އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި ގަދަވާނެކަމަށާއި، ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެކަމަށް މެޓުން ބުނެއެވެ.
މޫސުން ގޯވުމުގެ ސަބަބުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވެސް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.