logo
ޚަބަރު

މާލެ ސަރަހައްދަށް އާދިއްތައިން ފެށިގެން މޫސުން ރަނގަޅުވާނެ

އާމިނަތު ޝަފާ
29 އޯގަސްޓު 2025 - 07:04
މޫސުން ގޯސްވުން
މޫސުން ގޯސްވުން

މެދުރާއްޖެތެރެއާއި މާލެ ސަރަހައްދަށް އާދިއްތައިން ފެށިގެން މޫސުން ރަނގަޅުވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެންދުރުޓީވީގެ ހަބަރުގަޑީގައި މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ބާރު ގަދަވުމުގެ ސަބަބުން ކުރަމުން އަންނަ ވިއްސާރައެއްކަން މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނި ހާމަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކުރިއަށްއޮތް 4 ދުވަހުވެސް މުޅި ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭއިރު އުތުރުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާން ފަށާނީ އަންނަ އަންގާރަދުވަހުން ފެށިގެންކަމަށާއި އެހެންނަމަވެސް މެދުރާއްޖެތެރެއާއި މާލެ ސަރަހައްދަށް އާދިއްތަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތުދިނެވެެ.

މި ހަފްތާ ބަންދުގައި، އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ވިއްސާރަވާނެ ކަމަށް ޤައުމީ މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާއިރު ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެކަމަށާއި ހުކުރު ދުވަހު ދެކުނުގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކުރެވޭއިރު، ހޮނިހިރު ދުވަހު ބައެއް އަތޮޅުތަކަށް ވިއްސާރަކުރާނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓުން ލަފާކޮށްފައިވެއެވެ. ވުމާއެކު ކަނޑުދަތުރުކުރައްވާ ފަރާތްތަކުން ހާއްސަކޮށް މޫސުމަށް ސަމާލުވުމަށް އެ އިދާރާއިންވަނީ އިލްތިމާސްކޮށްފަައެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފިޚަބަރު | 2 ދުވަސް ކުރިންމާލެ ސަރަހައްދަށް އާދިއްތައިން ފެށިގެން މޫސުން ރަނގަޅުވާނެ ޚަބަރު | 3 ދުވަސް ކުރިންރާއްޖޭ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ: މެޓް އޮފީސްޚަބަރު | 5 ދުވަސް ކުރިންމޫސުން ގޯސްވެ، ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިޚަބަރު | މަހެއް ކުރިން