logo
ޚަބަރު

ރާއްޖޭ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ: މެޓް އޮފީސް

ނުހާ އަޙްމަދު
27 އޯގަސްޓު 2025 - 16:32
ރާއްޖޭ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ: މެޓް އޮފީސް

ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށް  މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މާދަމާ ހެނދުނު 06:00 އާ ހަމަޔަށް މޫސުން ލަފާކޮށްފައިވާއިރު، މި ވަގުތުތަކުގައި ހުޅަނގުދެކުނާއި ހުޅަނގުން، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ދެކުނުގެ އަތޮޅުތަަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ވިކާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާ ވަނީ ބުނެފައެވެ.

މީގެ ިއތުރުން އެ އިދާރާއިން ބުނީ، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތަށް ގަދަވާނެ ކަމަށާއި، އަދި ދެކުނުގައި އާދައިގެ ވަރަކަށް ކަނޑުތަށް ގަދަވެފައި ވިލާގަނޑުގައި ގަދާވާނެ ކަމަށެވެ. އެގޮތުން އުތުރާއި، މެދުރާއްޖެ ތެރެއަށް 4 ފޫޓާ 7 ފޫޓަށް ރާޅުގެ އުސްމިން ހުންނާނެ ކަމަށާއި، ދެކުނަށް 3 ފޫޓައި 6 ފޫޓުގެ އުސްމިނުގައި ރާޅު ހުންނާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުކުރާ ފަރާތްތަކުންނާއި އާންމުކޮށް ހުރިހާ އެންމެންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

 

 

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފިޚަބަރު | 2 ދުވަސް ކުރިންމާލެ ސަރަހައްދަށް އާދިއްތައިން ފެށިގެން މޫސުން ރަނގަޅުވާނެ ޚަބަރު | 3 ދުވަސް ކުރިންރާއްޖޭ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ: މެޓް އޮފީސްޚަބަރު | 5 ދުވަސް ކުރިންމޫސުން ގޯސްވެ، ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިޚަބަރު | މަހެއް ކުރިން