logo
Bank of Maldives

Bank of Maldives

ޚަބަރު

މޫސުން ގޯސްވެ، ބައެއް ފްލައިޓްތައް ޑިލޭވެއްޖެ

އައިޝަތު އިނާޝާ
31 ޖުލައި 2026 - 07:02
މޫސުން ގޯސްވެ، ބައެއް ފްލައިޓްތައް ޑިލޭވެއްޖެ

މޫސުން ގޯސްވުމުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް މިއަދު ޖައްސަން އޮތް ބައެއް ފްލައިޓްތައް ޑިލޭވެއްޖެއެވެ.

ފްލައިޓްތައް ޓްރެކްކުރާ ވެބްސައިޓް “ފްލައިޓްރާޑާ” އިން ދައްކާ ގޮތުގައި، މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ފްލައިޓްތަކަށް ނުޖެއްސި، ވަރަށް ގިނައިރު ވަންދެން މަތީގައި ދުއްވާފައިވެއެވެ. އޭގެ ތެރޭގައި، އެއިރޯފްލޮޓް، ގަތަރު އެއަރވޭސް، ސްރީލަންކަން އެއަރލައިންސް، އިންޑިގޯ އަދި ފިޓްސްއެއަރގެ ބޯޓުތައް ހިމެނެއެވެ. މީގެ އިތުރުން މޫސުން ގޯސްވުމުގެ ސަބަބުން ސްރީލަންކާއިން ރާއްޖެއަށް ދަތުރުކުރި ފްލައި ދުބާއީގެ ފްލައިޓެއްވެސް މިހާރު ވަނީ ކޮލަމްބޯއަށް ޑައިވާޓްކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފްލައިޓްތައް ނުޖެއްސިގެން ލަސްވަނީ މޫސުން ގޯސްވުމުގެ ސަބަބުން، ރު ފެންނަ މިންވަރު ވެސް ދަށްވުމުގެ ސަބަބުންނެވެ.

ވެލާނާ އެއަރޕޯޓުގެ ފްލައިޓް ޝެޑިއުލް ވެބްސައިޓުން ފެންނަ ގޮތުގައި އިންޓަރނޭޝަނަލް އެރައިވަލްގެ 7 ފްލައިޓެއް ވަނީ ޑިލޭ ވެފައެވެ.

 މެޓް އޮފީހުން ބުނިގޮތުގައި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. އެގޮތުން މިހަފުތާ ބަންދުގައި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މެޓުން ލަފާކޮށްފައިވާއިރު، ހާއްސަކޮށް މިއަދު ވަރަށް ބޮޑަށް މޫސުން ގޯސްވާނެ ކަމަށް މެޓްއޮފީހުން ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން ހުޅަނގުމޫސުމާއި ގުޅިގެން ރާއްޖޭގެ އުތުރާއި އިރުދެކުނުގައި އުފެދިފައިވާ ލޯ ޕްރެޝަ ޓަރަފްގެ ސަބަބުން، ރާއްޖޭގެ ހުޅަނގުގައި ގިނައަދަދެއްގެ ބޯވިއްސާރަވިލާ އުފެދެމުންދާ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މޫސުން ގޯސް މިދުވަސްވަރު މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޫސުން ގޯސްވެ، ބައެއް ފްލައިޓްތައް ޑިލޭވެއްޖެޚަބަރު | ގަޑިއިރެއް ކުރިންރާއްޖޭ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ: މެޓް އޮފީސްޚަބަރު | އަހަރެއް ކުރިން