logo
Bank of Maldives

Bank of Maldives

ޚަބަރު

ޕެސިފިކް ކަނޑުގައި އެލްނީނޯ އުފެދިފައިވާތީ ރާއްޖޭގެ މޫސުމަށް ކުރާނެ އަސަރުތައް ބަލަން ފަށައިފި

ޒިދާން މުޙައްމަދު
29 ޖޫން 2026 - 11:12
މޫސުން ގޯސްވުން
މޫސުން ގޯސްވުން

ޕެސިފިކް ކަނޑުގެ ސަރަހައްދުގައި އެލްނީނޯގެ ހާލަތު އުފެދިފައިވާތީ، އޭގެ ސަބަބުން ރާއްޖޭގެ މޫސުމަށް ކުރާނެ އަސަރުތައް ވަރަށް ގާތުން ބަލަމުންދާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފިއެވެ.

އެލްނީނޯއަކީ ކަނޑުގެ ލޮނުގަނޑު އާދަޔާ ހިލާފަށް ހޫނުވުމުގެ ސަބަބުން ކުރިމަތިވާ ތަބީއީ ބަދަލެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ޕެސިފިކް ކަނޑުގެ މެދުތެރެއާއި އިރުމަތީ ބިތުގެ ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން މިހާރު ހުރީ އާންމު ހާލަތަށްވުރެ މަތީގައެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ވައިގެ ދައުރުވުމަށާއި، ޕްރެޝަރަށް އަދި ވާރޭވެހޭ މިންވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ލަފާކުރެވެއެވެ.

މި މޫސުމީ ބަދަލު އާންމުކޮށް 9 މަހާއި 12 މަހާ ދެމެދުގެ މުއްދަތަކަށް ދެމިގެންދިޔަ ނަމަވެސް، ބައެއް ފަހަރު އަހަރުތަކަކަށްވެސް މިކަން ދިގުލައިގެންދާކަން މެޓް އޮފީހުން ފާހަގަކުރެއެވެ. މިއީ ކޮންމެ ދެ އަހަރާއި ހަތް އަހަރަކުން އެއްފަހަރު ދިމާވާ ކަމެއް ކަމަށާއި، މީގެ ސަބަބުން ދުނިޔޭގެ މޫސުމަށާއި، އިގްތިސާދަށާއި، ތިމާވެށީގެ ނިޒާމަށް ބޮޑެތި ލޮޅުންތަކެއް އަރާ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

މޫސުމާބެހޭ އިދާރާއިން ވިދާޅުވި ގޮތުގައި، އެލްނީނޯގެ ސަބަބުން ބައެއް ދުވަސްވަރު ވާރޭވެހޭ މިންވަރު އިތުރުވެފައި އަނެއްބައި ދުވަސްވަރު މަދުވެއެވެ. "ކޮންމެ އެލްނީނޯއެއްގައި މޫސުމަށް ކުރާ އަސަރު އެއްގޮތް ނުވެދާނެ،" މެޓް އޮފީހުގެ ބަޔާނުގައިވެއެވެ. އަދި އެލްނީނޯގެ ބާރުމިނަށް ބަލައި ރާއްޖޭގެ އެކި ހިސާބުތަކަށް ވާރޭވެހޭ މިންވަރު ތަފާތުވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

ރާއްޖޭގެ ވާރޭވެހުމަށް ނުފޫޒު ފޯރުވަނީ ހަމައެކަނި އެލްނީނޯ ނޫންކަން ފާހަގަކުރަމުން މެޓް އޮފީހުން އިތުރަށް ބުނީ، އިންޑިއަން އޯޝަން ޑައިޕޯލް އާއި މެޑަން ޖޫލިއަން އޮސިލޭޝަން ފަދަ މޫސުމީ އެހެން ކަންކަމުގެ އަސަރުވެސް ރާއްޖެއަށް ކުރާ ކަމަށެވެ. އެހެންކަމުން، މި ހުރިހާ ކަމަކަށް ރިއާޔަތްކޮށް މޫސުމަށް އަންނަ ބަދަލުތައް މޮނިޓަރ ކުރަމުންދާނެ ކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕެސިފިކް ކަނޑުގައި އެލްނީނޯ އުފެދިފައިވާތީ ރާއްޖޭގެ މޫސުމަށް ކުރާނެ އަސަރުތައް ބަލަން ފަށައިފިޚަބަރު | ގަޑިއިރެއް ކުރިންމުޅި ރާއްޖެ އަށް މޫސުމް ގޯސްވެ، ބައެއް ސަރަހައްދުތަކަށް ހުދު ސަމާލު ނެރިފިޚަބަރު | ދުވަހެއް ކުރިންވެސްޓްޕާކް ސަރަހައްދު ކަނޑަށް ކޮންޓޭނަރުތަކެއް ވެއްޓި، އޮޔާދަނީޚަބަރު | ދުވަހެއް ކުރިންރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފިޚަބަރު | 3 ދުވަސް ކުރިން