logo
Bank of Maldives

Bank of Maldives

ޚަބަރު

މިއަދު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވެ، ބޯކޮށް ވާރޭ ވެހޭނެ

އަޙުމަދު ރިޝާން
12 އޯގަސްޓު 2026 - 08:09
މިއަދު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވެ، ބޯކޮށް ވާރޭ ވެހޭނެ

މިއަދުވެސް ރާއްޖޭގެ އެކި ހިސާބަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

ކުރިއަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުންވެސް އެކަށީގެންވާ ކަމަށް އެ އިދާރާއިން ފާހަގަކުރެ އެވެ.ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީ ގެންވާ ކަމަށްވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތުދެ އެވެ. މީގެއިތުރުން، ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ނަމަވެސް މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. މި މުއްދަތުގައި ރާޅުގެ އުސްމިން ދެކުނުގެ އަތޮޅުތަކުގައި 2 ފޫޓާއި 4 ފޫޓާ ދެމެދު ހުންނާނެ ކަމަށާއި، އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓާ ދެމެދުގައި ކަމަށްވެސް އެ އިދާރާއިން މައުލޫމާތުދެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކަނޑުތައް ގަދަވާނެތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހުނު ކަމަށް ރެކޯޑްކޮށްފައި ވަނީ ފ. ބިލެއްދުއަށެވެ. އެއީ 48.6 މިލިމީޓަރުގެ ވާރެ އެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭވެހުނު ކަމަށް ދައްކަނީ ހުޅުމާލެއަށެވެ. އެއީ 35.8 މިލިމީޓަރުގެ ވާރެ އެވެ. އަދި ތިންވަނައަށް އެންމެ ގިނައިން ވާރޭވެހިފައި ވަނީ އއ. ތޮއްޑުއަށް ކަމަށާއި، އެ ރަށަށް 31.2 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާގެ ރިޕޯޓްތަކުން ދައްކަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއަދު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވެ، ބޯކޮށް ވާރޭ ވެހޭނެޚަބަރު | ގަޑިއިރެއް ކުރިންކުރިޔަށް އޮތް ދެ ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެޚަބަރު | ދުވަހެއް ކުރިންރާއްޖޭގެ އެކި ސަރަހައްދަށް ގުގުރުމާ އެކު ވިއްސާކުރާނެޚަބަރު | 4 ދުވަސް ކުރިންމޫސުން: ކަނޑުތައް ގަދަ ވާނެ ކަމަށް ލަފާކޮށް އުތުަރަށް ހުދު ސަމާލު ނެރެފިޚަބަރު | 11 ދުވަސް ކުރިން