logo
MPL

MPL

ޚަބަރު

ރާއްޖޭގެ އެކި ސަރަހައްދަށް ގުގުރުމާ އެކު ވިއްސާކުރާނެ

އައިޝަތު ނަޝާ
8 އޯގަސްޓު 2026 - 08:00
ރާއްޖޭގެ އެކި ސަރަހައްދަށް ގުގުރުމާ އެކު ވިއްސާކުރާނެ

މިއަދު ވެސް ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސްވާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ލަފާކޮށްފި އެވެ.

މެޓު އޮފީހުން ބުނީ ކުުރިއަށް އޮތް 24 ގަޑިއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީވެގެންވާ ކަމަށް މެޓުން ލަފާކޮށްފައިވެ އެވެ. ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައި ވެއެވެ. އޭގެ އިތުރުން، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓުން މައުލުމާތުދެ އެވެ. ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް މެޓުން ލަފާކޮށްފައިވެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނދު މޫސުމުގެ ވިއްސާރައެވެ. މެޓު އޮފީހުން ބުނީ ވިއްސާރައެއްކޮށް އަލިވާނެ ދުވަހެއް ލަފާކުރަން ނޭނގޭ ކަމަށެވެ. އަދި މި ހަފްތާގައި އެކި ދުވަސްދުވަހު ވިއްސާރަވާނެ ކަމަށް ވެސް މެޓުން ބުނެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފެންބޮޑުވި ރަށްރަށަށް އެހީވުމަށް ފުލުހުން ނުކުމެއްޖެޚަބަރު | 18 ދުވަސް ކުރިންކ. އަތޮޅުން ފެށިގެން ވ. އަތޮޅަށް އޮރެންޖް ސަމާލު: ކުރިއަށް އޮތް 24 ގަޑިއިރު މޫސުން އިތުރަށް ގޯސްވާނެ!ޚަބަރު | 20 ދުވަސް ކުރިންމޫސުން: ވިއްސާރަ އަލިވާން ފަށާނީ އާދީއްތަ ދުވަހުން ފެށިގެންޚަބަރު | 25 ދުވަސް ކުރިންމޫސުން: ވިއްސާރަ އަލިވާން ފަށާނީ އާދީއްތަ ދުވަހުން ފެށިގެންޚަބަރު | 2 މަސް ކުރިން