logo
MPL

MPL

ޚަބަރު

ރާއްޖޭގެ ބޮޑު ބޮޑުބަޔަކަށް ރީނދޫ ސަމާލު! ރައްކާތެރިކަމުގެ ފިޔަވަޅު އަޅުއްވާ!

އައިޝަތު އިނާޝާ
31 ޖުލައި 2026 - 06:31
ރާއްޖޭގެ ބޮޑު ބޮޑުބަޔަކަށް ރީނދޫ ސަމާލު! ރައްކާތެރިކަމުގެ ފިޔަވަޅު އަޅުއްވާ!

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ހަމައަށް މިއަދުގެ 15:30 އަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޓުން ބުނިގޮތުގައި މިވަގުތުތަކުގައި ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ

ބޮޑުބަަޔަކަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެން ވޭ: މެޓް އޮފީސް

ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށް މެޓުން ލަފާކޮށްފައިވާއިރު ރާޅުގެ އުސް މިން ހުންނާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވަނީ 5 ފޫޓާއި 7 ފޫޓާއި ދެމެދުގައެވެ.

 ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވޭ: މެޓް އޮފީސް

 މެޓް އޮފީހުން ބުނިގޮތުގައި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. އެގޮތުން މިހަފުތާ ބަންދުގައި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މެޓުން ލަފާކޮށްފައިވާއިރު، ހާއްސަކޮށް މިއަދު ވަރަށް ބޮޑަށް މޫސުން ގޯސްވާނެ ކަމަށް މެޓްއޮފީހުން ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން ހުޅަނގުމޫސުމާއި ގުޅިގެން ރާއްޖޭގެ އުތުރާއި އިރުދެކުނުގައި އުފެދިފައިވާ ލޯ ޕްރެޝަ ޓަރަފްގެ ސަބަބުން، ރާއްޖޭގެ ހުޅަނގުގައި ގިނައަދަދެއްގެ ބޯވިއްސާރަވިލާ އުފެދެމުންދާ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މޫސުން ގޯސް މިދުވަސްވަރު މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ޚަބަރު | 18 ގަޑިއިރު ކުރިންއަރްނަބް ތޫފާން ދަތުރުކުރަމުން ދަނީ ރާއްޖެއާ ދުރަށް: މެޓްޚަބަރު | 15 ދުވަސް ކުރިންކުޅުދުއްފުއްޓާއި ނޮޅިވަރަންފަރުގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެޚަބަރު | 18 ދުވަސް ކުރިންކޮންމެ ރައްޔިތަކަށް ވަގުތުން އިންޒާރު ލިބޭނެ ނިޒާމެއް: ޤައުމީ ފެންވަރުގައި ބޮޑު މަޝްވަރާއެއް!ޚަބަރު | މަހެއް ކުރިން