logo
E-Platinum
ޚަބަރު

ޣައްޒާއަށް ވަނުމަށް ހުއްދެނީ ދުވާލަކަށް އެންމެ 84 އެހީގެ ގާފިލާއަށް

އާމިނަތު ޝަފާ
4 އޯގަސްޓު 2025 - 13:05
ޣައްޒާއަށް ވަނުމަށް  ހުއްދެނީ ދުވާލަކަށް  އެންމެ 84 އެހީގެ ގާފިލާއަށް

 ޣައްޒާ އަށް އެހީ ވެއްދުމަށް ފުރުސަތުދޭނެކަމަށް ސަހުޔޫނީ ދައުލަތުން ބުނިނަމަވެސް އަދި ޣައްޒާއަށް ވަނުމަށްހުއްދަދެނީ ދުވާލަކަށް އެންމެ 84 އެހީގެ ގާފިލާއަށްކަން އެނގިއްޖެއެވެ.

ޣައްޒާގައި އާއްމުވެގެންވާ ބަނޑުހައިހޫނުކަމެއް ފެތުރެމުންދާއިރު ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 175އަށް އިތުރުވެފައެވެ. އެ އަދަދުގެ ތެރޭގައި 93 ކުޑަކުދިން ވެސް ހިމެނެއެވެ. ޖުލައި މަހުގެ ފަހުކޮޅު ކޮންމެވެސް މިންވަރަކަށް ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން ފުރުޞަތު ދިން ފަހުންވެސް ޣައްޒާއަށް ދުވާލެއްގެ މައްޗަށް ވަދެވެނީ އެންމެ 84 އެހީގެ ގާފިލާއަށެވެ. ނަމަވެސް މިހާލަތުގައި މަދުވެގެން ދުވާލަކު 500އެއްހާ ލޮރީގެ ސާމާނު ޣައްޒާއަށް އެތެރެކުރަމަކީ ކޮންމެހެން މުހިންމު ކަމެކެވެ.

ޣައްޒާގެ ހުރިހާ ރައްޔިތުންނަށްވާވަރަށް އެހީ ވައްދަން އެއްބަސްވާނަމަ އަސީރުން ދޫކޮށްލާނެކަމަށް އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާއަތުން ބުނެފައިވާކަމަށް މިއަދު ރިޕޯޓުކޮށްފައިވާއިރު 22،000 އަށް ވުރެ ގިނަ އިންސާނީ އެހީގެ ގާފިލާތަކަށް ނުވަދެވި ޣައްޒާގެ ރަށްބޭރުގައިވަނީ ތާށިވެފައެވެ.

ޣައްޒާގެ ރައްޔިތުން އެއްކޮށް ނައްތާލުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 60،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޣައްޒާއަށް ވަނުމަށް ހުއްދެނީ ދުވާލަކަށް އެންމެ 84 އެހީގެ ގާފިލާއަށްޚަބަރު | 4 ގަޑިއިރު ކުރިންޣައްޒާގެ ބައެއް ސަރަހައްދުތަކުން 10 ގަޑިިއިރަށް ހަނގުރާމަ ހުއްޓާލަނީ ޚަބަރު | 8 ދުވަސް ކުރިންހަމާސްގެ ހަމަލާތައް ވަރުގަދަ، 25 ޔަހޫދީ ސިފައިން ޒަހަމްކޮށްލައިފި ޚަބަރު | 11 ދުވަސް ކުރިންސަހުޔޫނީން ޣައްޒާގެ މެދުތެރޭގައިވާ ދީރުލްބަލާހްގައި އޮޕަރޭޝަނެއްޚަބަރު | 13 ދުވަސް ކުރިން