logo
E-Platinum
ޚަބަރު

ސަހުޔޫނީން ޣައްޒާގެ މެދުތެރޭގައިވާ ދީރުލްބަލާހްގައި އޮޕަރޭޝަނެއް

އާމިނަތު ޝަފާ
22 ޖުލައި 2025 - 08:47
ޣައްޒާ
ޣައްޒާ

މުޅި ޣައްޒާ ބަނޑަށްޖެހިފައިވަނިކޮށް ސަހުޔޫނީން ޣައްޒާގެ މެދުތެރޭގައިވާ ދީރުލްބަލާހްގައި އޮޕަރޭޝަނެއް ފަށައިފިއެވެ.

ސަހުޔޫނީންގެ މީޑިއާތަކުން ބުނީ އޮޕަރޭޝަނުގެ މައިގަނޑު މަގުސަދަކީ އެ ސަރަހައްދުގައިވެސް ކޮރިޑޯއެއް ގާއިމުކުރުންކަމަށެވެ.

މިހާރުވެސް މިގޮތައް ސަހުޔޫނީންގެ ޗެކް ޕޮއިންޓްތައް ގާއިމުކޮށްފައިވާއިރު ޣައްޒާގެ ދެކުނާއި އުތުރު ބަންދުކޮށް ޖަހައިތިބި ޗެކް ޕޮއިންޓް މަޝްހޫރުވެފައިވަނީ ނެޓްޒަރިމް ކޮރިޑޯއަގެ ނަމުންނެވެ.

މި ކޮރިޑޯގެ ބޭނުމަނީ އުތުރު ޣައްޒާ އިޒްރާއިލްގެ ފުރިހަމަ ބާރުގެ ދަށުގައި ބާއްވާ, އުތުރު ޣައްޒާގެ ނަޞްލުނައްތާލުމެވެ. ކޮރިޑޯގެ ސަބަބުން އުތުރުން ދެކުނަށް, އަދި ދެކުނުން އުތުރަށް ޣައްޒާގެ ރައްޔިތން ދަތުރުކުރުމުގެ ހުއްދައެއް ނޯވެއެވެ.

އަލަށް ގާއިމުކުރާ ކޮރޮޑޯގެ ބޭނުމަކީ ޣައްޒާގެ މެދުތެރޭގައިވާ ދީރުލްބަލާހްއާއި އަލް-މަވާސީ ސަރަހައްދު ވަކިކުރުމެވެ.

މިގޮތަށް ވަކިކޮށްފިނަމަ އެ ރައްޔިތުންގެ ބަނޑުހައި ހޫނުކަން އިތުރަށް ބޮޑުވެ ރައްކާތެރިކަން ގެއްލިގެންދާނެއެވެ.

ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 58،000މީހުން ޝަހީދުކޮށްލައިފައިވެއެވެ. 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޣައްޒާގެ ބައެއް ސަރަހައްދުތަކުން 10 ގަޑިިއިރަށް ހަނގުރާމަ ހުއްޓާލަނީ ޚަބަރު | 6 ދުވަސް ކުރިންހަމާސްގެ ހަމަލާތައް ވަރުގަދަ، 25 ޔަހޫދީ ސިފައިން ޒަހަމްކޮށްލައިފި ޚަބަރު | 9 ދުވަސް ކުރިންސަހުޔޫނީން ޣައްޒާގެ މެދުތެރޭގައިވާ ދީރުލްބަލާހްގައި އޮޕަރޭޝަނެއްޚަބަރު | 11 ދުވަސް ކުރިންފެންބަލާ ދިޔަ ކުޑަކުދިންތަކެއް ޝަހީދުކޮށްލައިފި ޚަބަރު | 19 ދުވަސް ކުރިން