logo
Bank of Maldives

Bank of Maldives

ޚަބަރު

ހުރިހާކަމެއް ހަމަޖެހިފައި ހުރެމެ އާ ޓާމިނަލް އެމްޑީޕީ ސަރުކާރަށް ނިންމާނުލެވުނީ އިހްލާސްތެރިކަމެއްނެތުމުން: ސައީދު

މުހައްމަދު މޫސާމުހައްމަދު މޫސާ
5 އޯގަސްޓު 2025 - 02:14
ހުރިހާކަމެއް ހަމަޖެހިފައި ހުރެމެ އާ ޓާމިނަލް އެމްޑީޕީ ސަރުކާރަށް ނިންމާނުލެވުނީ އިހްލާސްތެރިކަމެއްނެތުމުން: ސައީދު

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ތަރައްޤީއަށް ހުރިހާ ފައިސާއަކާއި ކޮންޓްރެކްޓަރާއި ހުރިހާކަމެއް ހަމަޖެހިފައި އޮތްއިރުވެސް މަސައްކަތުގެ ހަމައެކަނި ޓަމިނަލްގެ މަސައްކަތް ނުނިމި 5 އަހަރުވެގެންދިޔުމަކީ އެކަމުގައި ކުރީ ސަރުކާރުގެ އިޚްލާސްތެރިކަން ނެތުން ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ހޯމަ ދުވަހުގެ ރޭ ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު އިތުރު ހަރުފަތަކަށް ގެންދާނެ ބޮޑު ޢުމްރާނީ ތަރައްޤީގެ މަޝްރޫޢަކަށް މުޅި ޤައުމު ދަރަނިވެރިކުރުވި މަޝްރޫޢެއްކަމަށް ބަޔަކު ބުނާ ބުނުމަކީ ހަނި ވިސްނުމެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އަޅުގަނޑު ވަރަށް ހައިރާންވޭ ޖީއެމްއާރަށް، އެއަރޕޯޓު ދިން ބޭފުޅުން، އޯވަރ ނައިޓުގަ އެއްޗެހީގެ އަގު ބޮޑުކުރި ބޭފުޅުން، އެނބުރި އެއީ ދަރަނީގެ ކޮންޓްރިބިއުޝަނަކޭ ވީއައިއޭއަކީ ބުނާތީ. އެއީ އެއްވެސް ޙަގީގަތެއް އޭގައި އޮތް ވާހަކައެއް ނޫން،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ސަޢީދު ފާހަގަކުރެއްވި ގޮތުގައި ނިމިދިޔަ ދައުރުގައި ދަރަނި ދެއްކޭނެ އިންތިޒާމެއް ނެތި 40 ބިލިޔަން ރުފިޔާގެ ދަރަންޏެއް އުފައްދާފައިވެއެވެ. އަދި މަޝްރޫޢުގެ މަސައްކަތުގައި ފަރުވާ ކުޑަކުރުމުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެން ވަރަށް ކުޑަ މުއްދަތެއްގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރައްވަންޖެހިވަޑައިގަތް ކަމަށް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރައީސް މުޢިއްޒު އެންމެ އިސްކަމެއް ދެއްވީ ދަތި އުނދަގޫތަކާއެކުވެސް ވީއެންމެ އަވަހަށް އެއަރޕޯޓުގެ އައު ޓަރމިނަލް އޮޕަރޭޝަނަލައިޒް ކުރެއްވުމަށެވެ.

މިއަދު އެއަރޕޯޓަކީ ދިވެހިން ފަޚުރުވެރިވާފަދަ އެސެޓަކަށް ހެދިފައިވާ ކަމަށާއި، އައު ޓަރމިނަލް އޮޕަރޭޝަނަށް ގެނެވުމާއެކު ފޮރިން އިންވެސްޓަރުންނަށްވެސް ރާއްޖެއާމެދު އިތުރު ޔަޤީންކަމެއް އުފެދިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސްގެ އިންގިލާބީ ތަރައްގީގެ ތަސައްވުރު: 790 މިލިއަން ޑޮލަރުގެ ޓައުންޝިޕެއް ގާއިމުކުރަން ހުއްދަދީފިޚަބަރު | 10 ދުވަސް ކުރިންފިކުރީ މުދާ ހިމާޔަތް ކުރުމަށް ޕޭޓަންޓު ބިލެއްގެ މަސައްކަތް ފަށައިފިޚަބަރު | މަހެއް ކުރިންފޮރިން އިންވެސްޓްމެންޓް ޤާނޫނަށް ގެނައި ބަދަލާއެކު ދިވެހިންނަށް ފުރުސަތު ވަނީ ފަހިވެފައި: ވަޒީރުޚަބަރު | 2 މަސް ކުރިންދޮގު ހަދައި، ހަމަޖެހުން ނަގާލަން ހިތްވަރުދޭ ކުރީގެ ރައީސުންގެ އިނާޔަތްތައް ކަނޑާލަންޖެހޭ: ވަޒީރު ސައީދުޚަބަރު | 2 މަސް ކުރިން