logo
Bank of Maldives

Bank of Maldives

ޚަބަރު

ފޮރިން އިންވެސްޓްމެންޓް ޤާނޫނަށް ގެނައި ބަދަލާއެކު ދިވެހިންނަށް ފުރުސަތު ވަނީ ފަހިވެފައި: ވަޒީރު

އާމިނަތު ޝަފާ
9 އޮކްޓޯބަރު 2025 - 16:13
އިގްތިސާދީ ކަންތައްތަކާ ބެހޭ ވަޒީރު މުޙައްމަދު ސައީދު -- ފޮޓޯ/ އިގްތިސާދީ ވުޒާރާ
އިގްތިސާދީ ކަންތައްތަކާ ބެހޭ ވަޒީރު މުޙައްމަދު ސައީދު -- ފޮޓޯ/ އިގްތިސާދީ ވުޒާރާ

ފޮރިންގ އިންވެސްޓްމެންޓްގެ ޤާނޫނަށް ގެނައި ބަދަލުތަކާއެކު ގިނަ ދާއިރާތަކަކުން އިންވެސްޓްކުރުމުގެ ފުރުސަތު ދިވެހީންނަށް ފަހިވެގެން ގޮސްފައިވާކަމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އަލަށް ތަންފީޒުކުރަން ފެށި ފޮރިން އިންވެސްޓްމަންޓް ޤާނޫނުގައި ދިވެހިންނަށް ހާއްސަކޮށް ގިނަ ދާއިރާތަކެއް ހިމެނުމާ ގުޅިގެން އެކަން ފާހަގަކޮށް މަސީން ބަޔާނެއް ނެރުމާއި ގުޅިގެންނެވެ.

ފޮރިންއިންވެސްޓްމަންޓު ޤާނޫނެއް ރާއްޖޭގައި އެންމެ ފުރަތަމަ ފާސްވކުރީ 1979ވަނައަހަރުއެވެ. ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު 45އަހަރުގެ ދިގުމުށްދަތަކަށްފަހު، އަލަށް ފާސްކުރެވުނު ފޮރިންއިންވެސްޓްމަންޓް ޤާނޫނު، 3ސެޕްޓެމްބަރު 2024ގައި ވަނީ ތަންފީޒުކުރަން ފަށާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވަނީ ދިވެހީންނަށްހުރި ވިޔަފާރީގެ ފުރުސަތުތައް ފުޅާކުރެއްވުމަކީ ރައީސް ޑރ.މުޙަންމަދު މުޢިއްޒު އިސްކަންދެއްވާ އެމަނިކުފާނުގެ މެނިފެސްޓޯގެ ވަޢުދެއްކަމަށް ވިދާޅުވެފައެވެ.
އެެ އައު ޤާނޫނަށް ޢަމަލުކުރާއިރު އެކުލަވާލަންޖެހޭ އުސޫލާއި، ބޭރުގެފަރާތްތައް ހަރަކާތްތެރިވާނޭ ދާއިރާތައް ކަނޑައެޅުމުގައި، ފުޅާދާއިރާއެއްގައި އެކިސިނާއަތްތަކުގެ ޚިޔާލާއި ވިސްނުން ސަރުކާރުން ހޯދާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.


ނަތީޖާއަކީ ކުރިއާއި ޚިލާފަށް ގިނަދާއިރާތަކެއް ދިވެހީންނަށް ޙާއްސަކުރެވި ހަމައެއާއި އެކު ރާއްޖޭގައި އިންވެސްޓުކުރާފަރާތްތަކަށް ލިބިދޭ ރައްކާތެރިކަމާއި، ހިފަހައްޓަންޖެހޭ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ބެލި އެގޮތަށް ގާނޫނު ބައްޓަންވެގެންދިއުންކަމަށް ވަޒީރު ވިދާޅުވިއެވެ.

ފޮރިން އިންވެސްޓްމަންޓަގެ އުސޫލަށް ސަރުކާރުން މިގެންނެވި ހެޔޮ ބަދަލުގެ ތެރޭގައި ދިވެހީންނާއި ބޭރު ފަރާތްތަކުގެ މަސްލަހަތުވެސް ހިމާޔަތްކޮށްދޭ އުޞޫލުތަކެއް ވަނީ ހިމަނައިފައެވެ. މިގޮތުން ދިވެހީންގެ ހުނަރާއި ޤާބިލުކަން އިތުރުވަމުން އަންނަކަމަށް ފާހަނގަވާ ބައެއް ދާއިރާތައް މިހާރު މިވަނީ ދިވެހީންނަށް ޚާއްޞަ ކުރެވިއެވެ. މީގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިއާއި، ލޮޖިސްޓިކްސްގެ ޚިދުމަތާއި، އާންމު ކަނޑު ދަތުރުފަތުރުގެ ޚިދުމަތާއި، ބަންކަރިންގެ ޚިދުމަތުގެ އިތުރުން 15 މިލިއަން ޑޮލަރުން ދަށުގެ ކޮންސްޓްރަކްޝަން މަޝްރޫޢުތައްވެސް ހިމެނެއެވެ.

ހަމަ މިއާއެކު، ބޭރު ފަރާތްތަކުގެ އެހީތެރިކަމާއި ތަޖުރިބާ ބޭނުންވާ ދާއިރާތަކުގައި ކުރިއެކޭވެސް އެއްގޮތަށް ޖޮއިންޓް ވެންޗަރ އުސޫލުން އިންވެސްޓްކުރުމުގެ ފުރުޞަތު، ބޭރުގެ ފަރާތްތަކާއެކު ދިވެހީންނަށް ލިބިގެންދާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައިލާ މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމާއި ފަތުރުވެރިކަމާ މެދު އަލުން ވިސްނަން ލިބުނު ފުރުޞަތެއް: ސައީދުޚަބަރު | 6 ދުވަސް ކުރިން ކުދި ވިޔަފާރިތަކަށް ހާއްސަ ލުއިތަކެއް ދޭންނިންމައިފިޚަބަރު | މަހެއް ކުރިންރައީސްގެ އިންގިލާބީ ތަރައްގީގެ ތަސައްވުރު: 790 މިލިއަން ޑޮލަރުގެ ޓައުންޝިޕެއް ގާއިމުކުރަން ހުއްދަދީފިޚަބަރު | 2 މަސް ކުރިންފިކުރީ މުދާ ހިމާޔަތް ކުރުމަށް ޕޭޓަންޓު ބިލެއްގެ މަސައްކަތް ފަށައިފިޚަބަރު | 2 މަސް ކުރިން