logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެއަށް ބޭނުންވާ ކާބޯތަކެތި ހުސްނުވެ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ފަށައިފި

މުޙައްމަދު އަފްރާޙް
28 ފެބްރުއަރީ 2026 - 18:44
ރާއްޖެއަށް ބޭނުންވާ ކާބޯތަކެތި ހުސްނުވެ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ފަށައިފި

މެދުއިރުމަތީގައި މިހާރުކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ކާބޯތަކެތި ހުސްނުވެ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

މިކަން ހާމަކޮށް އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މެދުއިރުމަތީގައި މިހާރުކުރިއަށްދާ އަދި ހަލުވިކަމާއެކު ބަދަލުވަމުންދާ ހަމަޖެހުންތަކާ ގުޅިގެން އެ މިނިސްޓްރީން ދައުލަތުގެ ކަމާގުޅުން ހުރި ހުރިހާ ފަރާތްތަކާއެކު މަޝްވަރާކޮށް، އެ ސަރަހައްދުގެ މަސްރަހު ސަބަބުން ރާއްޖެއަށް ކޮށްފާނެ އަސަރުތައް ވަރަށް ގާތުން މޮނިޓަރ ކުރަމުން އަންނަކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ބަޔާނުގައި ބައިނަލްއަގުވާމީ މުދާ އުފުލުގެ ނިޒާމަށް އަތުވެދާނެ ލޮޅުންތަކަށް ބަލާ، ދިރާސާ ކުރަމުން އަންނަކަމަށާއި ރާއްޖެއަށް އާންމުކޮށް މުދާ އެތެރެކުރާ ރޫޓުތަކަށް ދިމާވެދާނެ ދަތިތައް ވެސް ބަލާ ދިރާސާކުރަމުން އަންނަކަމަށް ބުނެފައި ވެއެވެ. އަދި އެކަންކަމުން އަރައިގަތުމަށް ބޭނުންވާނެ އަލްޓަނޭޓިވް މާކެޓުތައް ވެސް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުނެއެވެ.

މީގެ އިތުުރުން މި ދަނޑިވަޅުގައި ސަރުކާރުގެ އެންމެ އިސް އަމާޒަކީ ދިވެހި އެންމެހާ ރައްތިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އަސާސީ މުދަލުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމުގައި ވެސް މިނިސްޓްރީން ބުނެއެވެ. އެގޮތުން ރާއްޖެއަށް މުހިންމު ބާވަތްތަކުގެ ސްޓޮކް ހުސްނުވެ، ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށާއި އިމްޕޯޓު ކުރުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ވިޔަފާރިތަކާ ގުޅިގެން އަޅަންޖެހޭ ފިތަވަޅުތައް އަޅާނެކަމުގެ ޔަގީންކަން ވެސް ވަނީ ދީފައެވެ.

ހަމަމިއާއެކު ސަރުކާރުން އަބަދު ވެސް މަސައްކަތް ކުރާނީ ރާއްޖޭގެ އިގުތިސާދީ ހަމަޖެހުން އިސްކޮށް، ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދާ ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕެޓްރޯލާއި ޑީސަލް އަގު ހެޔޮ، ތަކެތީ އަގާ ގުޅޭ ގޮތުން އެމްޑީޕީން ފަތުރަނީ ދޮގެއް: ސައީދުޚަބަރު | ދުވަހެއް ކުރިންއީރާނާއި އެމެރިކާގެ އާ މަޝްވަރާތައް ހޯމަ ދުވަހު ފަށަނީދުނިޔެ | 2 ދުވަސް ކުރިންއީރާނަށް ދޭން އުޅުނު ހަމަލާ ޓްރަމްޕް ހުއްޓައިލީ ގަލްފް ގައުމުތަކުގެ ފިއްތުންތަކާ ހުރެ: ރިޕޯޓުދުނިޔެ | 2 ދުވަސް ކުރިންމިނިސްޓަރު ސައީދުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީން މަޖިލީހަށް ވައްދައިފިޚަބަރު | 4 ދުވަސް ކުރިން