logo
Bank of Maldives

Bank of Maldives

ޚަބަރު

ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ

އަޙްމަދު ޒަލީފް
6 އޯގަސްޓު 2025 - 04:04
ފުވައްމުލައް
ފުވައްމުލައް

ފުވައްމުލަކުގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ އެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެ ކުއްޖާ ނިޔާވީ، ފުވައްމުލަކު ފުނާޑު އަވަށުން ހުސްނުހީނާ މަގުން ސައިކަލެއްގައި ދަނިކޮށް ފާރުގައި ޖެހި ކޮންޓްރޯލް ނުވެ، މަގުބައްތި ހަރުކޮށްފައިވާ ހޮޅިދަނޑިއެއްގައި ޖެހިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން ކުޑަ ކުއްޖާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް، ރޭ 3:38 ހާއިރު ނިޔާވެފައިވާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ ފުވައްމުލަކުގައި ދުއްވާފައި ދިޔަ ސައިކަލެއް ފާރުގައި ޖެހި ކޮންޓްރޯލް ނުވެ ގޮސް އެ ސަރަހައްދުގައި ހުރި މަގުބައްތި ހޮޅިދަނޑީގައި ޖެހި އެކްސިޑެންޓުވެފައިވާ މައްސަލަ ރޭ 2:40 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ސައިކަލް ދުއްވަން އިން ކުއްޖާގެ ބޮލަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެ ކުއްޖާއަށް ފަރުވާ ދިނުމަށް ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ހާލު ވަރަށް ސީރިއަސްއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުވައްމުލަކަށް ދިމާވި ފެނުގެ މައްސަލަ ހައްލުކޮށް ފެން ދޫކުރަން ފަށައިފިޚަބަރު | މަހެއް ކުރިންމާލޭ ޓްރެފިކް: މިދިޔަ ހަފްތާގައި އެކަނިވެސް 57 އެކްސިޑެންޓެއްޚަބަރު | މަހެއް ކުރިންފުވައްމުލަކަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް އެބަކުރޭ، މިރެއާ ހަމައަށް މައްސަލަ ހައްލުވާނެޚަބަރު | މަހެއް ކުރިންދުއްވި ސައިކަލް ކޮންޓްރޯލްނުވެ ގޮސް ޖެހުނީ ލައިޓަށް މަޑުކޮށްފައި އޮތް ޕިކަޕެއްގައިޚަބަރު | 2 މަސް ކުރިން