logo
Bank of Maldives

Bank of Maldives

ޚަބަރު

ފުވައްމުލަކަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް އެބަކުރޭ، މިރެއާ ހަމައަށް މައްސަލަ ހައްލުވާނެ

ޢައްފާން މުޙައްމަދު
11 ނޮވެމްބަރު 2025 - 13:03
ފުވައްމުލަކަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް އެބަކުރޭ، މިރެއާ ހަމައަށް މައްސަލަ ހައްލުވާނެ

އެގާރަ ހާހަށްވުރެ ބޮޑު އާބާދީއެއް އޮތް ފުވައްމުލައް ސިޓީގެ ފެން ސަޕްލައި ނެޓްވޯކް ތަގައްޔަރުވެ، ފެނުގެ ޚިދުމަތް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެސް، މިރެއާ ހަމައަށް އެ މައްސަލަ ހައްލުކުރާނެކަމަށް ސަރުކާރުން ބުނެފިއެވެ.

ފުވައްމުލަކުގެ ފެން ޕްލާންޓުން އުފައްދާ ފެން، ތަޣައްޔަރުވުމުގެ މައްސަލައެއް ދިމާވެ ފެނުގެ ޚިދުމަތް ވަނީ މެދުކެނޑިފައެވެ.

ފުވައްމުލައް ސިޓީގެ ވޯޓަރ ސަޕްލައިއަށް ދިމާވި މައްސަލަ ހައްލުކޮށް އެ ސިޓީއަށް މިވަގުތު ބޭނުންވާ ފެން ފޯރުކޮށްދިނުމަށް ކަމާބެހޭ މުއައްސަސާތައް ގުޅިގެން މަސައްކަތް ފަށާފައިވާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މި މައްސަލަ ކުރިމަތިވުމާއެކު ކަނޑާއި ވައިގެ މަގުން ފުވައްމުލައް ސިޓީއަށް ބޯފެން ފޯރުކޮށްދިނުމާއި އަދި ބޭނުންވާ އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސިފައިން މެދުވެރިކޮށް ފަށާފައިވާކަމަށެވެ. އެގޮތުން މިހާތަނަށް 5 ލީޓަރުގެ 500 ކޭސް ފެނާއި، 1.5 ލީޓަރުގެ 1300 ކޭސް ފެނާއި 500 މިލިލީޓަރުގެ 1000 ކޭސް ފެން ވައިގެ މަގުން ފުވައްމުލައް ސިޓީއަށް ގެންގޮސްފައިވާކަމަށެވެ.

މިހާތަނަށް 1200 ކޭސް ފެން ރައްޔިތުންނަށް ފޯރުކޮށްދީފައިވާއިރު، އިތުރަށް ބޯފެން ފޮނުވުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ވިދާޅުވިއެވެ.

ފުވައްމުލައް ސިޓީގެ ފެން ތަޣައްޔަރުވުމާއި ގުޅިގެން ފެނަކައިގެ ފަރާތުން އެމްއެފްޑީއޭއާއި އެޗްޕީއޭގެ އިރުޝާދާއެކު ކަނޑައަޅިފައިވާ ސްޓެންޑަޑާ އެއްގޮތްވާ ގޮތުގެ މަތިން މުޅި ޕައިޕްލައިން ޑިސްއިންފެކްޓްކޮށް، ތާނގީތައް ސާފުކޮށް، ފްލަޝްކޮށް، ފެން އުފެއްދުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ހީނާ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ހައެއްކަ ގަޑިއިރުގެ ތެރޭގައި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު ފުވައްމުލައް ސިޓީއަށް ކުރިއެކޭ އެއްފަދައިން ފެން ދޫކުރަންފަށާނެކަމަށްވެސް ހީނާ ވިދާޅުވިއެވެ.

ފުވައްމުލައް ސިޓީއަށް މިވަގުތު ދިމާވެފައިވާ ފެނުގެ މައްސަލަ ވީހާވެސް އަވަހަށް ހައްލުކުރުމަށް ކަމާބެހޭ މުއައްސަސާތައް ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުވައްމުލަކަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް އެބަކުރޭ، މިރެއާ ހަމައަށް މައްސަލަ ހައްލުވާނެޚަބަރު | 16 ގަޑިއިރު ކުރިންފުވައްމުލަކު އެއާޕޯޓުގެ އޮޕަރޭޝަންތައް ފަށައި، އާންމު ހާލަތަށްޚަބަރު | 2 މަސް ކުރިންފުވައްމުލައް އެއާޕޯޓް ވަގުތީގޮތުން ބަންދުކުރުމާއި ގުޅިގެން މޯލްޑިވިއަންގެ ދަތުރުތައް މެދުކެނޑިއްޖެ ޚަބަރު | 2 މަސް ކުރިންމިފްކޯއިން ފުވައްމުލަކު ސިޓީން މަސް ގަންނަން ފަށައިފިޚަބަރު | 2 މަސް ކުރިން