logo
Bank of Maldives

Bank of Maldives

ޚަބަރު

ފުވައްމުލަކު އެއާޕޯޓުގެ އޮޕަރޭޝަންތައް ފަށައި، އާންމު ހާލަތަށް

ޢައްފާން މުޙައްމަދު
3 ސެޕްޓެމްބަރު 2025 - 05:09
ފުވައްމުލަކު އެއާޕޯޓު --
ފުވައްމުލަކު އެއާޕޯޓު --

ފުވައްމުލަކު ސިޓީ އެއާޕޯޓުގެ އޮޕަރޭޝަންތައް ހުއްޓެން ދިމާވި މައްސަލަ ހައްލުކޮށް، އެ އެއާޕޯޓުގެ ދަތުރުތައް ފަށައިފިއެވެ.

ފުވައްމުލަކު އެއާޕޯޓުގެ ޚިދުމަތް މެދުކެނޑިފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ހަވީރުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުވައްމުލައް ސިޓިގެ މޭޔާ އިސްމާއިލް ރަފީގް މެންދުރު ޓީވީއަށް ވިދާޅުވީ، އެއާޕޯޓް ވަގުތީގޮތުން ބަންދުކުރަންޖެހުނީ، ފަޔާ ޓްރަކްގެ ހޮޅިއެއްފަޅައިގެން ދިއުމުގެ ސަބަބުންކަމަށެވެ.

މިކަމާ ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައި މެމްބަރު އިބްރާޙީމް ޙުސެއިން ވިދާޅުވީ، ފުވައްމުލައް ސިޓީގެ އެއާޕޯޓުގެ އޮޕަރޭޝަންތައް ވީހާވެސް އަވަހަކަށް އަލުން ފެށުމަށްޓަކައި އައްޑޫ ސިޓީން ފަޔާ ޓްރަކެއް ފުވައްމުލަކަށް ގެންދިއުމަށްޓަކައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން މަސައްކަތް ކުރަމުންދާކަމަށް އެކުންފުނިން އޭނާއަށް މައުލޫމާތުދެއްވާފައިވާ ކަމަށެވެ.

އެ ފަޔަރ ޓްރަކް މިހާރު ފުވައްމުލަކަށް ގެންގޮސްފައިވާއިރު އެ އެއާޕޯޓުގެ އޮޕަރޭޝަންސް މިހާރު ވަނީ ފަށައި، އެއާޕޯޓު އާންމު ހާލަތަށް ގެނެސްފައެވެ.

ދަތުރުތައް މެދުކެނޑުމުގެ ސަބަބުން އިއްޔެ އެ އެއާޕޯޓުން ދަތުރުކުރަން ހަމަޖެހިފައިވާ ފަސިންޖަރުން، އާރްޓީއެލް ފެރީ މެދުވެރިކޮށް އައްޑޫ ސިޓީއަށް ގެންގޮސް، ގަން އެއާޕޯޓު މެދުވެރިކޮށް ފުރުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މިފަދަ ކަންކަން ކުރިއަށް އޮތްތަނުގައި ތަކުރާރުވިޔަ ނުދިނުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅާކަން ޔަގީން ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާކަމަށް މެމްބަރު އިބްރާޙީމް ޙުސެއިން ވިދާޅުވެފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުވައްމުލަކު އެއާޕޯޓުގެ އޮޕަރޭޝަންތައް ފަށައި، އާންމު ހާލަތަށްޚަބަރު | 2 މަސް ކުރިންފުވައްމުލައް އެއާޕޯޓް ވަގުތީގޮތުން ބަންދުކުރުމާއި ގުޅިގެން މޯލްޑިވިއަންގެ ދަތުރުތައް މެދުކެނޑިއްޖެ ޚަބަރު | 2 މަސް ކުރިންމިފްކޯއިން ފުވައްމުލަކު ސިޓީން މަސް ގަންނަން ފަށައިފިޚަބަރު | 2 މަސް ކުރިންފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ ޚަބަރު | 3 މަސް ކުރިން