logo
ކުޅިވަރު

ސޮއިކުރިތާ އެއް އަހަރުފަހުން އެސްޓެވާއޯ ޗެލްސީއާއި ގުޅިއްޖެ

އަބްދުﷲ ޣާނިމް
6 އޯގަސްޓު 2025 - 04:49
ސޮއިކުރިތާ އެއް އަހަރުފަހުން އެސްޓެވާއޯ ޗެލްސީއާއި ގުޅިއްޖެ

ބްރެޒިލްގެ ޒުވާން އެޓޭކަރ އެސްޓެވާއޯ ޗެލްސީގެ ޓިމާއި ގުޅިެއްޖެއެވެ. އެސްޓެވާއޯ ޗެލްސީއާއި ގުޅުމަށް އެއްބަސްވެފައިވަނީ މީގެ އެއް އަހަރަށްވުރެ ގިނަ ދުވަސް ކުރިންނެވެ.

ފީފާގެ ޤަވާއިދުތައް ބުނާގޮތުން ކުޅުންތެރިއަކަށް 18 އަހަރުވުމުގެ ކުރިން ޓްރާންސްފަރ ފީއެއް ދައްކައިގެން އެއްކުލަބުން އަނެއް ކުލަބަށް ބަދަލެއް ނުވެވޭނެއެވެ. އެހެންކަމުން ކުޅުންތެރިޔާއަށް 18 އަހަރުވުމުގެ ކުރިން އެއްބަސްވުމަކަށް އައި ނަމަވެސް އެސްޓެވާއޯ އަށް 18 އަހަރުވަންދެން ޖެހުނީ އޭނާގެ ކުރީގެ ކުލަބު ޕަލްމެއިރާސްގައި މަޑުކުރާށެވެ. މި މުއްދަތުގައި އޭނާވަނީ ޕަލްމެއިރާސްގެ މުހިންމު ކުޅުންތެރިއަކަށްވެ، ސެޕްޓެމްބަރު މަހު ބްރެޒިލްގެ ސީނިއަރ ޓީމުގައިހިމެނި، ފަސް މެޗު ކުޅެފައެވެ.

Hajj Corpooration

މީގެއިތުރުން، މި އަހަރުގެ ކްލަބް ވޯލްޑް ކަޕްގައިވެސް އޭނާ ޕަލްމެއިރާސްގެ ޓީމަށްކުޅެފައެވެ. އެ މުބާރާތުގެ ކުއާޓަރ ފައިނަލްގައި ޗެލްސީއާ ދެކޮޅަށް އޭނާ ވަނީ ގޯލެއްވެސް ޖަހާފައެވެ. ނަމަވެސް އެ މެޗު ކާމިޔާބު ކުރީ ޗެލްސީއެވެ.

ކުރު މުއްދަތެއްގެ ބްރޭކަކަށްފަހު، އެސްޓެވާއޯ މިހާރުވަނީ 2024/25 ސީޒަނަށް ތައްޔާރުވުމަށް ޕްރީ-ސީޒަންގައި އޭނާގެ އައު ޓީމްމޭޓުންނާއެކު ބައިވެރިވެފައެވެ.

Hajj Corpooration
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަލޭބާ އަތުޖެހޭ ހިސާބަކު ނެތް! ޔުނައިޓެޑްގެ ފޯކަސް އެހެން ދިމާލަކަށްކުޅިވަރު | 16 ގަޑިއިރު ކުރިންޗެލްސީން ކްލަބް ވޯލްޑް ކަޕުން ލިބުނު ފައިސާގެ ބައެއް ޖޯޓާގެ އާއިލާއަށް ހަދިޔާކުރަނީކުޅިވަރު | 3 ދުވަސް ކުރިންރޮޑްރީގޯގެ ސޮއި ހޯދުމަށް ޓީމުތަކުން ކިޔޫގައި، މިވަގުތު އެންމެ ކުރީގައި ސިޓީކުޅިވަރު | 3 ދުވަސް ކުރިންލިވަޕޫލުގެ ޑިފެންސިވް މައްސަލަތައް ހައްލުކުރުމަށް ދެ ޑިފެންޑަރުން ގެންނަނީކުޅިވަރު | 4 ދުވަސް ކުރިން