logo
ކުޅިވަރު

ބަލޭބާ އަތުޖެހޭ ހިސާބަކު ނެތް! ޔުނައިޓެޑްގެ ފޯކަސް އެހެން ދިމާލަކަށް

އަބްދުﷲ ޣާނިމް
16 އޯގަސްޓު 2025 - 11:28
ބަލޭބާ
ބަލޭބާ

މެންޗެސްޓަރ ޔުނައިޓެޑްއިން ބްރައިޓަންގެ ކާލޯސް ބަލެބާ ސޮއިކުރުމަށް މަސައްކަތް ކުރި ނަމަވެސް، މި ޓްރާންފާގައި އެ ކުޅުންތެރިޔާ ވިއްކާލުމަށް ބްރައިޓަން ދެކޮޅު ހަދައިފިއެވެ.

ޔުނައިޓެޑްއިން ބަލެބާއަށް ރަސްމީ އޮފަރެއް ހުށަހެޅި ނަމަވެސް، އެއްވެސް އަގަކަށް އެ ކުޅުންތެރިޔާ ނުވިއްކާނެ ކަމަށް ބްރައިޓަންއިން ސާފުކޮށް ބުނެފައިވެއެވެ. 21 އަހަރުގެ މި ކުޅުންތެރިޔާ ޔުނައިޓެޑްއާ ގުޅުމަށް ޝައުގުވެރިކަން ފާޅުކުރި ނަމަވެސް، ކްލަބުން ބޭރުވުމަށް އެއްވެސްވަރަކަށް ބްރައިޓަންއަށް މަޖުބޫރެއް ނުކުރުވައެވެ.

Hajj Corpooration

ބްރައިޓަން އިން މި ޓްރާންސްފާގައި ބަލޭބާ ވިއްކާލުމަށް ދެކޮޅުހެދިނަމަވެސް އޭނާގެ ސޮއި ހޯދުމުގެ މަސައްކަތް އަންނަ ޓްރާންސްފާ ވިންޑޯގައި ޔުނައިޓެޑުން ކުރާނެކަމަށް ބެލެވެއެވެ. ޔުނައިޓެޑްގެ މެނޭޖްމަންޓް އަދި ކޯޗު ޤަބޫލުކުރާގޮތުގައި ބަލޭބާ އަކީ ޔުނައިޓެޑުގެ މެދުތެރޭގައި ވަރަށް މުހިންމު ދައުރެެއް އަދާކުރެވިދާނެ ކުލުންތެރިއެކެވެ.

މިއާއެކު ޔުނައިޓެޑުގެ މި ޓްރާންސްފާގެ އަމާޒު މިހާރު ހިފާފައިވަނީ ޕެލަސްގެ 21 އަހަރުގެ ޒުވާން މިޑްފީލްޑަރ ވާޓަން ސޮއިކުރުމަށްކަމަށް ރިޕޯޓްތައް ލިބެއެވެ. ޔުނައިޓެޑުން ވާޓަން ގަންނަން 60 މިލިޔަން ޕައުންޑް އާއި ގާތްކުރާ އަދަދެއް ހުށަލަޅާނެކަމަށް ބެލެވޭއިރު، އެއަގުގައި ޕެލަސްއިން ވާޓަން ދޫކޮށްލުމަކީ ނުވާނެކަމެއްކަމަށް ދިރާސާކުރާފަރާތްތަކުން ޤަބޫލުކުރެއެވެ.

 

Hajj Corpooration
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަލޭބާ އަތުޖެހޭ ހިސާބަކު ނެތް! ޔުނައިޓެޑްގެ ފޯކަސް އެހެން ދިމާލަކަށްކުޅިވަރު | 10 ގަޑިއިރު ކުރިންރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކުލަބަކަށް މެންޗެސްޓަރ ޔުނައިޓެޑްކުޅިވަރު | 2 ދުވަސް ކުރިންރޮޑްރީގޯގެ ސޮއި ހޯދުމަށް ޓީމުތަކުން ކިޔޫގައި، މިވަގުތު އެންމެ ކުރީގައި ސިޓީކުޅިވަރު | 3 ދުވަސް ކުރިންރަޝްފޯޑުގެ ފާޑުކިޔުންތައް މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ބަންޑުންކޮށްލައިފިކުޅިވަރު | 3 ދުވަސް ކުރިން