logo
ކުޅިވަރު

ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކުލަބަކަށް މެންޗެސްޓަރ ޔުނައިޓެޑް

އަބްދުﷲ ޣާނިމް
15 އޯގަސްޓު 2025 - 06:16
ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކުލަބަކަށް މެންޗެސްޓަރ ޔުނައިޓެޑް

މީޑިޔާ ނެޓުން ކުރިއަށް ގެންދިޔަ ފޭން ޓޯނަމެންޓުގައި ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކުލަބަކަށް މެންޗެސްޓަރ ޔުނައިޓެޑް ހޮވިއްޖެއެވެ. ހަފްތާއަކަށް ކުރިޔަށް ގެންދިޔަ މި މުބާރާތުގައި ދުނިޔޭގެ އެންމެ ނަން މަޝްހޫރު 8 ކުލަބެއް ވާދަކޮށްފައިވެއެވެ.

ނޮކް އައުޓް އުސޫލުން ކުރިއަށް ގެންދިޔަ މި މުބާރާތުގައި ބައިވެރިވި ޓީމުތަކުގެ ތެރޭގައި ރެއާލް މެޑްރިޑް، ލިވަޕޫލް، ޗެލްސީ، އާސެނަލް، ބާސެލޯނާ، ބަޔަން މިއުނިކް، މެންޗެސްޓަރ ޔުނައިޓެޑް އަދި މެންޗެސްޓަރ ސިޓީ ހިމެނެއެވެ. ކޮންމެ ރައުންޑެއްގައިވެސް ވޯޓުލުމަށް 24 ގަޑިއިރުގެ ވަގުތު ދެވުނެވެ.

Hajj Corpooration

މުބާރާތުގެ ސެމީ ފައިނަލްގައި ރެއާލް މެޑްރިޑާއި ޗެލްސީ ވާދަކުރިއިރު، އަނެއް މެޗުގައި ބާސެލޯނާއާއި މެންޗެސްޓަރ ޔުނައިޓެޑް ވާދަކުރިއެވެ. ފައިނަލްގައި މެންޗެސްޓަރ ޔުނައިޓެޑުން ވަނީ ޗެލްސީއާ ދެކޮޅަށް ފަސޭހަކަމާއެކު ކުރި ހޯދާފައެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގެ އެންމެ ކާމިޔާބު އެއް ކުލަބު ކަމަށްވާ މެންޗެސްޓަރ ޔުނައިޓެޑަކީ ރާއްޖޭގެ އިތުރުން ދުނިޔޭގެ ނިސްބަތުންވެސް އެންމެ ގިނަ ސަޕޯޓަރުން ތިބި އެއް ކުލަބެވެ. 20 ފަހަރު އިނގިރޭސި ޕްރިމިއަރ ލީގު ކާމިޔާބުކޮށްފައިވާ މެންޗެސްޓަރ ޔުނައިޓެޑުގެ ކާމިޔާބީ ތަކާއެކު އެޓީމުގެ ސަޕޯޓަރުންގެ ނިސްބަތް މުޅި ދުނިޔޭގެ ނިސްބަތުން އެންމެ ގިނަ ސަރަޙައްދަކަށް އޭސިޔާ ސަރަޙައްދުވަނީ ވެފައެވެ.

މި ނަތީޖާއިން ދައްކުވައިދެނީ ރާއްޖޭގައި މެންޗެސްޓަރ ޔުނައިޓެޑްގެ ސަޕޯޓަރުންގެ ގިނަކަމާއި، މި ކުލަބަށް ރާއްޖޭގެ ފުޓުބޯޅައަށް ލޯބިކުރާ ފަރާތްތަކުން ކުރާ ތާއީދުގެ ބޮޑުކަމެވެ.

Hajj Corpooration
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަލޭބާ އަތުޖެހޭ ހިސާބަކު ނެތް! ޔުނައިޓެޑްގެ ފޯކަސް އެހެން ދިމާލަކަށްކުޅިވަރު | 10 ގަޑިއިރު ކުރިންރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކުލަބަކަށް މެންޗެސްޓަރ ޔުނައިޓެޑްކުޅިވަރު | 2 ދުވަސް ކުރިންރަޝްފޯޑުގެ ފާޑުކިޔުންތައް މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ބަންޑުންކޮށްލައިފިކުޅިވަރު | 3 ދުވަސް ކުރިންސީޒަން ނުފެށެނީސް ޔުނައިޓެޑުން ޓްރެބަލް ކާމިޔާބުކޮށްފިކުޅިވަރު | 7 ދުވަސް ކުރިން