ސީޒަން ނުފެށެނީސް ޔުނައިޓެޑުން ޓްރެބަލް ކާމިޔާބުކޮށްފި
9 އޯގަސްޓު 2025 - 15:44

މެންޗެސްޓަރ ޔުނައިޓެޑުން ޕްރީސީޒަން ގައި ތިން ތަށި (ޓްރެބަލް) ކާމިޔާބުކޮށްފިއެވެ. އެގޮތުން މިއަދު މެންޗެސްޓަރ ޔުނައިޓެޑުން ވަނީ ސްނެޕް ޑްޜެގަން ކަޕް ކާމިޔާބުކޮށްފައެވެ.
މެންޗެސްޓަރ ޔުނައިޓެޑުގެ އޯލްޑްޓްރޮފޯޑްގައި ފިއޮރެންޓީނާއާއި ދެކޮޅަށް ކުޅުނު މިމެޗު ފެށުމުގެ ކުރިން ޔުނައިޓެޑުގެ ލެޖެންޑަރީ ގޯލްކީޕަރު ޑޭވިޑް ޑެހެޔާ ކުލަބަށް ކޮށްދީފައިޥާ އަގުހުރި ޚިދުމަތްތައް ފާހަގަކޮށް އޭނާއަށް ޔުނައިޓެޑުން ވަނީ ހަނދާނީ ޕްލޭކް އެއް ދީފައެވެ. މީގެއިތުރުން މިމެޗު ފެށުމުގެ ކުރިން މިއަދު ކުލަބާއއަލަށް ގުޅުނު ފޯވާޑް ބެންޖަމިން ސެސްކޯ ވަނީ ސަޕޯޓަރުންނަށް ދައްކާލާފައެވެ.

މެޗު ފެށުމުގެކުރިން ޔުނައިޓެޑާއި މި ޓްރާންސްފާގައި ގުޅުނު ތިން ކުޅުންތެރިން ދައްކާލަނީ
މިމެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވެފައިޥާއިރު، ޔުނައިޓެޑުގެ ހަމައެކަނި ގޯލަކީ ފިއޮރެންޓީނާގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މިމެޗު ޔުނައިޓެޑުން ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެން 4-5 އިންނެވެ. މިމެޗުގައި ޓީމާއި އަލަށް ގުޅުނު ދެކުޅުންތެރިންކަމަށްވާ އެމްބުއެމޯ އައި ކޫނިޔާ ފުރަތަމަ 11 ގައި ކުޅެފައިވެއެވެ.
ސްނެޕް ޑްރެގަން ކަޕްގެ އިތުރުން ޔުނައިޓެޑުން ވަނީ މިމަހުގެ ކުރީކޮޅުގައި އެމެރިކާގައި ކުރިޔަށް ގެންދިޔަ ޕްރީމިއަރ ލީގު ސަމާރ ސީރީޒް ކާމިޔާބުކޮށްފައެވެ. އަދި މިދިޔަ މޭމަހުގައި ހޮންގްކޮންގްގައި ކުޅުނު ޕޯސްޓް ސީޒަން ފްރެންޑްލީ މެޗު ކާމިޔާބުކޮށް ޑިފައިނިން އެޑިއުކޭޝަން ޗެލެންޖް ކަޕް ވަނީ ކާމިޔާބުކޮށްފައެވެ.